ޗެލްސީ ފައިނަލަށް ދިޔައީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ފަސޭހަކަމާއެކު މިޑިލްސްބްރާ ބަލިކޮށްގެނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ޗެލްސީ ކާމިޔާބުކޮށްފައިވަނީ 6-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ އެ ޓީމުންނެވެ.
މުބާރާތުގެ ފައިނަލުގައި ޗެލްސީ ބައްދަލުކުރާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ލިވަޕޫލާ ފުލަމް ބައްދަލުކުރާ ދެ ލެގުން މޮޅުވާ ޓީމަކާއެވެ. ފުރަތަމަ ލެގު 2-1 އިން ކާމިޔާބުކޮށްފައިވަނީ ލިވަޕޫލެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 25 ގައެވެ.