ads
އާޒިމް ދެއްވީ ސަރުކާރަށް އުނދަގޫ ނުކުރައްވާނެ ކަމުގެ ޔަގީންކަން
ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއްގައި އުނދަގޫ ނުކުރައްވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް ދެއްވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މޭޔަރުގެ ފަރާތުން ސަރުކާރަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ އޭނާގެ ވައުދުތައް ފުއްދުމުގައި ސަރުކާރާ ގުޅިގެން ކަންކަން ތަންފީޒު ކުރަން އިސްކަން ދެއްވާނޭ ކަމަށާއި، އެއްވެސް ކަމެއްގައި ސިޓީ ކައުންސިލަކީ ސަރުކާރަށް ދަތިކޮށް ޖެއްސުން ކުރާ އިދާރާއަކަށް ނުވާނެ ކަމަށެވެ.

"ރައްޔިތުންނަށް ފައިދާވާ، ރައްޔިތުންނަށް ފަސޭހަވާ، ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ފަސޭހައެއް އަންނަ ކަމެއްގައި ޒައްރެއްގެ މިންވަރު ވެސް އުނދަގުލެއް ވިޔަކަ ނުދޭނަން، އެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ދެން،" އާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ ކައުންސިލްގެ މަސައްކަތްތަކުގައި ކައުންސިލަރުންގެ އެއްބާރުލުން މުހިއްމު ކަމަށާއި، އެއްވެސް ކަމެއްގައި "ކޯޅުމެއް" އުފެދެން ބޭނުން ނުވާ ކަމަށެވެ.

ކައުންސިލްގެ މަސައްކަތްތަކައިގެން ކުރިއަށް ދާނީ ގުޅިގެން ކަމަށާއި، ދަތިވާފަދަ ކަމެއް ކައުންސިލަރަކަށް މެދުވެރިވާނަމަ އެކަން އޭނާއާ ހިއްސާކޮށްދެއްވުމަށް ވެސް އާޒިމް އެދިވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް