ads
އެންސްޕާއިން 18 މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފައިވާކަން ހާމަވެއްޖެ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ) 18 މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓްއިން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެކި އެލަވަންސްތަކުގެ ގޮތުގައި އިތުރަށް 18,466,814 މިލިއަން ރުފިޔާ އެންސްޕާއިން ދޫކޮށްފައިވެއެވެ.

މި އެލަވަންތައް ދީފައިވަނީ އެކަނި ދަރިން ބަލަހައްޓައި މައިންނާއި ބަފައިންނަށް ދޭ އެލަވަންސާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސްގެ އިތުރުން އެފަދަ ފަރާތްތަކަށް ބޭނުންވާ ތެރަޕީތަކަށް ދޭ އެލަވަންސް ގޮތުގައެވެ. 

އިތުރަށް ފައިސާ ދީފައިވަނީ އެހީ ލިބޭ ފަރާތުގެ ހާލަތު ބަދަލުވުމަށްފަހު ނުވަތަ ނިޔާވާ ފަރާތްތަކުގެ މައުލޫމާތު އެ އިދާރާއާ ފަސޭހަކަމާ އެކު ހިއްސާ ކުރެވޭނެ ނިޒާމެއް ނެތުމުން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފަވެ އެވެ.

އެ ފައިސާ ހޯދަން އެންސްޕާއިން ރިކަވަރީ ޔުނިޓެއް ގާއިމްކޮށްފައިވީ ނަމަވެސް އެ ޔުނިޓުގައި އެންމެ މުވައްޒަފަކު މަސައްކަތް ކުރާތީ، ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ  އިދާރާއިން އެންމެ ބޭނުންވާ ގޮތަށް ކުރިއަށް ނުގެންދެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓްގައި ބުނީ ޑިސެމްބަރު 2022ގެ ނިޔަލަށް އެންސްޕާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އޮޑިޓް ސާމްޕަލުން ޗެކުކުރި 504،500 ރުފިޔާ އަކީ 2015 އާއި 2018 ވަނަ އަހަރާ ދެމެދު ދީފައިވާ އެހީގެ ފައިސާގެ ތެރެއިން އިތުރަށް ދީފައިވާ ފައިސާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް