ads
އައިޝްވާރިއާގެ ވާހަކަދައްކަން އަމީތާބަށް ވަގުތެއް ނެތް
އަމީތާބް ބަޗަންގެ ދަނބިދަރިފުޅު އާއިޝްވާރިއާ ރާއީގެ ވާހަކަތައް ދައްކަން "ވަގުތު ނެތް" ކަމަށް އޭނާ ބުނެފިއެވެ.
Advertisement

އައިޝްވާރިއާ ރާއީ އަމީތާބްމެން ގެއިން ނުކުމެގެން ގޮސްފައިވާކަމަށް ރިޕޯޓުތައް އައުމާއެކު އަމީތާބުގެ ގިނަ ފޭނުން އަންނަނީ އެކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ. ނަމަވެސް މިހާތަނަށް އަމީތާބުވެސް އަދި އޭނާގެ އައިލާ މެންބަރަކުވެސް އެ މައްސަލައިގައި މާބޮޑު ވާހަކައެއް ނުދައްކައެވެ. 

އެންމެފަހުން އަޔޯދާގައި ހުޅުވީ ރާމް މަންދިރު ހުޅުވަން ގިނަ ސެލެބްރިޓީން ދިޔައިރު އަމީތާބް އޭނާގެ ދަރިފުޅު އަަބީޝޭކް ބަޗަންއާއެކު އެތަނަށް ގޮސް ހުއްޓެވެ. ނަމަވެސް އެމީހުންނާއެކު އައިޝްވާރިއާއެއް ނުފެނެއެވެ. މިހެންކަމުން އަނެއްކާވެސް އަމީތާބުގެ ސޯޝަލް މީޑިއާއަށް އޭނާ ޓެގްކޮށް ގިނަ ސުވާލުތަކެއް މީހުން އޮއްސާލިއެވެ. އެއީ އައިޝްވާރިއާ ގެއިން ނުކުމެގްނެ ދިޔަގޮތާއި އަދި އެކަމުގެ ތެދު ދޮގު އޮޅުން ފިލުވުމަށް ކުރިމަތިކުރުވި ސުވާލުތަކެކެވެ. 

ނަމަވެސް އެ ސުވާލުތަކަށް ޖަވާބު ދިނުމުގެބަދަލުގައި އަމީތާބް މިއަދު އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ "މަސައްކަތުގައި ވަަރަށް ބިޒީ" ކަމަށެވެ. 

ރިޕޯޓުތައް ބުނާގޮތުން އައިޝްވާރިއާ ގެއިން ނުކުމެގެން ދިޔައީ ފަހަރިންނާއި އަދި މައިދައިތައާއި ޖެހުނު މައްސަލައެއްގައެވެ. އެ މައްސަލައިގައި އެތައް އަހަރެއް ވަންދެން އައިޝްވާރިއާ އެނާގެ މައިދައިތަ އަދި ފަހަރިއާއި ވާހަކަވެސް ނުދައްކާ ހުއްޓެވެ. 

މިހާރު އައިޝްވާރިއާ ދިރިއުޅެމުން އަންނަނީ އޭނާގެ މަންމައާއި އެކުކަމަށް ރިޕޯޓުތައް ބުނެއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް