ads
ކެޓް ޝެލްޓާ އެޅުމުގެ އެއްބަސްވުމުގައި މާލޭގެ މޭޔަރު އާޒިމް (ކ) އަދި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ސަން
ހުޅުމާލޭގައި ކެޓް ޝެލްޓާ އަޅަން ސިޓީ ކައުންސިލާ ހަވާލުކޮށްފި
ހަ މަސް ދުވަހުގެ ތެރޭ ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓަރެއް އަޅަން މާލޭ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވަގުތީ ޝެލްޓާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އަދި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.

ބުޅާތަކަށް ހާއްސަ ޝެލްޓާތަކެއް އަޅަން ހުޅުމާލެއިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފަ އެވެ. އެތަން ނިމޭއިރު، ބުޅާތަކަށް ހާއްސަ ހޮޓަލާއި ޕާކް އަދި ފިހާރަ ހުންނާނެ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މޭޔަރު އާޒިމް ވިދާޅުވީ، މި ކަމަށްޓަކާ ކައުންސިލުން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްފައި ވާކަމަށެވެ. އަދި، މިކަމަށް ބޭނުންވާ ބިން ވެސް ފަސޭހަކަމާ އެކު ހަމަޖެހުނު ކަމަށާއި އެކަމުން ދޭހަވަނީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ދޭކަން ކަމަށް މޭޔަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނީ ކެޓް ޝެލްޓާ އަޅަން ހަމަޖައްސާފައިވާ ބިން ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. އެ މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި ނިންމައި ބޭނުންކުރަން ފަށާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"ކެޓް ޝެލްޓާގައި ވެޓް ޑޮކްޓަރުން ތިބޭނެ. މާލެ ސަރަހައްދުގެ މަގުމަތީގައި އުޅޭ ބުޅާތައް ޖަމިއްޔާތަކާ ގުޅިގެން ނަގައި އެ ޝެލްޓާއަށް ގެންދާނެ. މި ތަން ނިމޭއިރު ދޫނިތައް ވެސް ހުންނާނެ." ސިޓި ކައުންސިލުން ބުންޏެވެ.

ހުރިހާ ވަގުތަކު ވެސް ސިއްހީ ހިދުމަތް ލިބޭނެހެން ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރަން ނިންމާ މި މަހުގެ 11ވަނަ ދުވަހު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށް ބިން ހަވާލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް