ޓިކްޓޮކްގައި ވައިރަލް ވެފައިވާ ވީޑިއޯއިން ފެންނަނީ ގަނޑުވެފައި އޮތް ކިނބޫ އޭތީގެ އަނގަ ފެންގަނޑުން މައްޗަށް ނަގައިގެން އޮތްތަނެވެ.
މި ވީޑިއޯ ދިރާސާކުރި ބައެއް މީހުން ބުނާގޮތުގައި ކިނބޫ ގަނޑުވުމުގެ ކުރިން އޭތީގެ ނޭފަތާއި އަނގަ ކޯރުގެ ފެންގަނޑުން މައްޗަށް ނެގީ ކޯރު ގަނޑުވާކަން އެނގިގެންނެވެ.
ވީޑިއޯއާމެދު ގިނަބަޔަކު އަޖައިބުވި ނަމަވެސް އެމެރިކާގެ ފޮރެސްޓު ސާވިސް އިން ބުނެފައިވަނީ މިއީ އާންމުކޮށް ކިނބޫ ކުރާކަމެއްކަމަށެވެ. އެގޮތުން ފެންގަނޑުން މަތީގައި އޭތީގެ ނޭފަތާއި އަނގަ އޮވެއްޖެނަމަ ގަނޑުވިއަސް ކިބޫ ދިރިހުއްނާނެކަމަށް އެ ސާވިސް އިން ބުނެއެވެ.