ads
ބީއެމްއެލްގެ ހުރިހާ ނޮން އެކްޒެކެޓިވް މެންބަރުން ވަކިކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުރިހާ ނޮން އެކްޒެކެޓިވް މެންބަރުން އެ މަގާމުތަކުން ވަކިކޮށްފި އެވެ.

ޕީސީބީން ވަނީ ނޮން އެކްޒެކެޓިވް މެންބަރުން ވަކިކުރި ކަމުގެ ސިޓީ ބީއެމްއެލްއަށް ފޮނުވާފަ އެވެ.

އެނގިފައިވާ ގޮތުގައި ބީއެމްއެލްގެ ޗެއާޕާސަން ޔޫޝައު ސައީދު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ވަކިކުރީ ކުރީގެ ސަރުކާރުން އައްޔަންކޮށްފައިވާ ފަސް މެންބަރުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ބީއެމްއެމްލްގެ ނޮން އެކްޒެކެޓިވް މެންބަރުން ވަކިކުރި އިރު، ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވެ އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)ތަކަށް ދަތިވެފައިވާ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބީއެމްއެލްގެ މެންބަރުން ވަކި ކުރުމާ ގުޅިގެން އެ ބޭންކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އޭގެ އަސަރު ނުފޯރާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް