ads
މާދަމާ އޮންނަ ޕީއެންސީގެ ޕްރައިމަރީގައި 71597 މީހުންނަށް ވޯޓު ލެވޭ
މާދަމާ ބާއްވަން ނިންމާފައިވާ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީގައި 71597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސްގެ ތަރުޖަމާން ހީނާ މިއަދު ވިދާޅުވީ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 17:00 އަށެވެ.

ހީނާ ވިދާޅުވީ، މި ޕްރައިމަރީގައި 227 ވޯޓު ފޮށި ބެހެއްޓެފައިވާއިރު، 73 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާނެ ކަމަށެވެ.

މި ޕްރައިމަރީގައި މާލޭގައި ބެހެއްޓިފައިވާ އަތޮޅުތަކުގެ ފޮށިތައް ބެހެއްޓިފައި ހުންނާނީ ހެންވޭރު ދަނޑުގައެވެ.

އޭގެ އިތުރުން ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ރެހެންދި ސްކޫލް (ހުޅުމާލެ)ގައި މާލޭ ރައްޔިތުންނަށް ވޯޓު ލެވޭނެ އެވެ.

މާދަމާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ 73 ދާއިރާއަކަށް ބާއްވާއިރު، ޖުމުލަ 283 ކެންޑިޑޭޓުން ވާދަކުރާއިރު، ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ޕްރައިމަރީ އާނުލައި 13 ކެންޑިޑޭޓަކަށް މިހާރު ވެސް ވަނީ ކަށަވަރުވެފައި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން މިހާރު ނިންމާފައި ވަނީ މާޗް 17، ގަ އެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. އިންތިހާބު ރޯދަ މަސް ތެރޭގައި ބެއްވުމުން, ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ދަށްވާނެތީ, ޕާޓިތަކުން ދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް