ads
އިތުރު 1000 ކޯޓާ ލިބިއްޖެނަމަ އަމިއްލަ ގުރޫޕްތަކަށް ދެނީ
އިތުރު 1،000 ކޯޓާ ލިބިއްޖެނަމަ އަމިއްލަ ގުރޫޕްތަކަށް ދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ރޭ ކުރިއަށް ގެންދިޔަ "އަހާ" ޕަބްލިކް ފޯރަމްގަ އެވެ.

ވަޒީރުންނާ ކޮންމެ ސުވާލެއް ކުރެވޭ ގޮތަށް ރޭ ބޭއްވި ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ހައްޖު ކޯޓާއާ ގުޅޭ ހުރިހާ ކަމެއް ނުވަތަ ދިވެހިން ހައްޖަށް ގެންދިއުމުގެ ކަންކަން ރަސްމީކޮށް ކުރާނީ ހައްޖު ކޯޕަރޭޝަނުން ކަމަށެވެ.

އިތުރު 1000 ކޯޓާ ލިބިއްޖެނަމަ އަމިއްލަ ގުރޫޕްތަކަށް ދޭނެ. އެ ތަނުގައި (ހައްޖު ކޯޕަރޭޝަންގެ) އޮތް ކިއު ނިމުމަކަށް އަންނާނީ އޭރުން. އެ ތަނުގެ ލިސްޓުގައި ތިބި މީހުން ހައްޖަށް ގެންދަން އެހެން ގުރޫޕުތަކަށް ވެސް ފުރުސަތު ދޭނީ އެ މީހުން (ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ އަގެއްގަ." މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގުރޫޕުތަކުން ބޭނުންހާ އަގެއް ނަގައިގެން ކޯޓާ ވިއްކުމުގެ ސިޔާސަތެއް ދެން ނުދޭނެ ކަމަށާއި އަދި އެ ފުރުސަތު ލިބޭނީ ހައްޖު ކޯޕަރޭޝަންގެ ކިއޫގައި ތިބި މީހުންނަށެވެ. އަދި އެ ފުރުސަތު ލިބޭނީ ގުރޫޕުތައް މެދުވެރިކޮށް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ އަގެއްގައި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދިވެހިންނަށް އިތުރު ކޯޓާ ހޯދަން ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި ރައީސްގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ވެސް ވަރަށް ގިނަ މަސައްކަތްތައް އެ ކަމަށްޓަކައި ކުރަމުންދާ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ވަނީ ހައްޖު ކޯޓާ އެއްކޮށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ބަދަލުކޮށްފަ އެވެ. އެއީ އަމިއްލަ ޖަމާއަތްތަކުގެ ހަރަދުގައި މީހުން ހައްޖަށް ގެންދިއުމަށްޓަކައި ބޮޑު އަގު ނަގާތީ އެކަން ހުއްޓުވުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް