ads
ޖޮކޮވިޗް
ޖޮކޮވިޗް ކަޓުވާލައި، އޮސްޓްރޭލިއަން އޯޕަންގެ ފައިނަލަށް ސިނާ
ނޮވަކް ޖޮކޮވިޗް ކަޓުވާލައި، އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން އިޓަލީގެ ޖެކް ސިނާ، ފުރުސަތު ހޯދައިފި އެވެ.

ޖޮކޮވިޗް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނެސް އިޓަލީގެ ޖެކް ސިނާ، އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގައި އެތައް ބަޔަކު ހައިރާންކޮށްލުމަށް ފަހުއެވެ. 

މުބާރާތުގެ ފޭވަރިޓުގެ ގޮތުގައި ބެލެވެމުން އައި ޖޮކިވިޗް އަދި އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން 10 ފަހަރު ހޯދި ޖޮކޮވިޗް، މި ފަހަރުގެ ސެމީ ފައިނަލްގެ ކުރިން އެންމެ ފަހުން، އޮސްޓްރޭލިއަން އޯޕަންގެ މެޗަކުން ބަލިވީ 2018 ވަނަ އަހަރު އެވެ.

ހަތަރު ވަނަ އަށް ސީޑުކޮށްފައިވާ، ސިނާ، 22، އަތުން ޖޮކޮވިޗް ބަލިވީ 6-1، 6-2، 6-7، 6-3 އިންނެވެ. އޮސްޓްރޭލިއަން އޯޕަންގެ ފައިނަލަކީ ސިނާ ގްރޭންޑް ސްލޭމް ފައިނަލެއްގައި ފެންނާނެ ފުރަތަމަ ފަހަރުވެސް މެއެވެ.

ފައިނަލުގައި ސިނާ، އާ ދެކޮޅަށް ނުކުންނާނީ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ނޫނީ ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވްއާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް