މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑު، އިނގިރޭސިވިލާތް އަދި ޖަރުމަންވިލާތެވެ.
އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ގައުމުތައް
- ތައިލޭންޑް - %66
- އިނގިރޭސިވިލާތް - %9
- ޖަރުމަންވިލާތް - %7
- ސުވިޒަރލޭންޑް - %3
- ފަރަންސޭސިވިލާތް - %3
ކަސްޓަމްސްއިން އާންމު ކުރި ނިމިދިޔަ ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ މަހުގައި 250 މިލިއަން ރުފިޔާގެ އެކްސްޕޯޓް ކޮށްފައިވާއިރު ނޮވެމްބަރުމަހު މި އަދަދު ހުރީ 216 މިލިއަން ރުފިޔާގައި އެވެ. އެހެން ކަމުން އެކްސްޕޯޓަށް 34 މިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ފާހަގަކޮށްލެވެ އެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެކްސްޕޯޓަށް ބަލާއިރު މިވަނީ މި އަހަރު %9 ދަށް ވެފައިކަމަށް ކަސްމަޓަސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން ރާއްޖެއަށް އެތެރެ ކުރި ތަކެތީ އަގު 5.1 ބިލިއަން ރުފިޔާގެ އެއްޗެހި އެތެރެ ކޮށްފައިވާ އިރު ނޮވެމްބަރު މަހު އެތެރެކޮށްފައިވަނީ 4.3 ބިލިއަން ރުފިޔާގެ އެއްޗެހިކަމަށް ކަސްޓަމްސް ގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މި އަދަދުވެސް މި ވަނީ މި ދިޔަ އަހަރަށް ވުރެން %9 ދަށް ވެފައިކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ގައުމުތައް
- ޗައިނާ - 782 މިލިއަން ރުފިޔާ
- އޮމާން - 768 މިލިއަން ރުފިޔާ
- ސިންގަޕޯރ - 731 މިލިއަން ރުފިޔާ
- އިންޑިއާ - 683 މިލިއަން ރުފިޔާ
- ޔޫ.އޭ.އީ - 591 މިލިއަން ރުފިޔާ
އެންމެ ގިނަ އެއްޗެހި އިމްޕޯޓު ކުރި ގައުމުތަކަށް ބަލާ އިރު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ޗައިނާ އިން 782 މިލިއަން ރުފިޔާގެ ތަކެތި އެތެރެ ކުރެވިފައިވާ އިރު އޮމާން އިން 768 މިލިއަން ރުފިޔާ، ސިންގަޕޫރުން 731 މިލިއަން ރުފިޔާ، އިންޑިޔާއިން 683 މިލިއަން ރުފިޔާ އަދި ޔޫއޭއީ އިން 591 މިލިއަން ރުފިޔާގެ ތަކެތި އެތެރެ ކުރެވިފައިވާކަމަށް ފާހަގަ ކުރެވެއެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. ޑިސެމްބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ 66 ޕަސަންޓް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ.