ads
ހަމާސް ލީޑާރސް
އައިސީޖޭގެ އަމުރު ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ހަމާސްއިން ގޮވައިލައިފި
އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލާއި ދެކޮޅަށް ނެރިފައިވާ އަމުރު ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައު އަށް ހަމާސް އިން ގޮވާލައިފި އެވެ.
Advertisement

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ހަމާސް އިން މިފަދައިން ބުނެފައިވަނީ ހުކުރު ދުވަހު އައިސީޖޭ އިން ނެރުނު ކޯޓު އަމުރާއި ގުޅިގެން ހަމާސް އިން ނެރުނު ބަޔާނެއްގައެވެ. 

ދުނިޔޭގެ އެންމެ މަތީ ކޯޓުން ނެރިފައިވާ މި އަމުރުގެ މާނައަކީ ގާޒާގައި ތިބި ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލުން ހުރިހާ ގޮތަކުން ކުރާ އަނިޔާވެރިކަން ހުއްޓުވުން ކަމަށާއި އަދި ގާޒާގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ކުށްތައް ދުނިޔެއަށް ހާމަކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ވެސް މި ބަޔާނުގައި ސިފަކޮށްފައި ވެއެވެ.

އަދިވެސް މި ބަޔާނުގައި ހަމާސް އިން ވަނީ ކޯޓުން ނެރެފައިވާ އަމުރު ބައިނަލްއަގުވާމީ މުޖުތަމައުއިން ތަންފީޒުކުރުމަށް ވެސް ގޮވާލާފައި ވެއެވެ.

ދެކުނު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރު ޖޯން ޑޮނޮހުވޭ ވަނީ އިޒްރޭލުން މިއަދުން ފެށިގެން 30 ދުވަސް ތެރޭގައި، އަމުރާ ގުޅޭ ގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކުރައްވައިފަ އެވެ.

މި މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ދެކުނު އެފްރިކާ އިން ލާފައިވާއިރު މި ނިންމުންތަކުގެ ތެރެއިން 3 އަދި 4 ވަނަ ނިންމުމަށް 16 ފަނޑިޔާރުން ތާއީދުކުރެއްވި އިރު އެއް ފަނޑިޔާރަކު ދެކޮޅު ހެއްދެވުމުގެ އިތުރުން ދެން ހުރި ކޮންމެ ނިންމުމަކަށް 15 ފަނޑިޔާރުން ތާއީދުކުރެއްވި އިރު ދެ ފަނޑިޔާރަކު ދެކޮޅުހައްދަވާފައިވެ އެވެ.

ދެކުނު އެފްރިކާ އިން ހުށަހެޅި ނަސްލު ނައްތާލުމުގެ ދައުވާގައި އައިސީޖީގެ ނިޔާ ކަނޑައަޅަން އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ. އިއްޔެ ނެރުނު އަމުރުގެ މަގްސަދަކީ އެ ކޯޓުން އަސްލު މައްސަލަ ބަލަމުންދާ އިރު ގާޒާގައި ތިބި ފަލަސްތީނު މީހުންނަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ފޯރުކޮށްދިނުމެވެ. 

ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދު އަލް-މާލިކީ އައިސީޖޭގެ އަމުރަށް ވަގުތުން މަރުހަބާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯޓުގެ ފަނޑިޔާރުން ނިންމެވީ އިންސާނިއްޔަތާއި ބައިނަލްއަގުވާމީ ގާނޫނާ އެއްކޮޅަށް ކަމަށެވެ. 

ކޯޓުގެ މިފަދަ ނިންމުންތަކާއި ގުޅިގެން ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ މަރުހަބާ ކިޔާފަ އެވެ. އެގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެނިންމުމަކީ އެއްވެސް ދައުލަތެއް ގާނޫނަށް ވުރެ މަތީގައި ނެތްކަން ހަނދާންކޮށްދޭ މުހިންމު ނިންމުމެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް