މިކަން އިއުލާނުކޮށް މަޓާއިން ކުރި ޕޯސްޓުގައި ވާ ގޮތުން ސުޒާން ވެެގެން ދާނީ އެ އެސޯޝިއޭޝަންގެ ޓީމަށް އިތުރު ފުރިހަމަ ގެނެސްދޭނެ ފަދަ ބޭކަނބަލެއް ކަމުގައި ކަމަށާއި މި ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ސުޒާން ވަރަށް މުހިންމު ރޯލެއް އަދާ ކުރައްވާނެކަމުގަ އެވެ.
ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ސުޒާން ވެގެން ގޮސްފައިވަނީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަންއިންޑަސްޓްރީ (އެމްއެންއޭސީއައި) ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑް މެމްބަރުކަން ކުރެއްވުމުގެ އިތުރުން ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް(އެންއެފްއެމްއީ)ގެ އެގްޒެކެޓިވް ބޯޑް މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި އެވެ
ސުޒާންގެ ކެރިއަރު ފެށިގެން އައީ ބޭންކިން ދާއިރާއިން ކަމަށާއި އެ ދާއިރާގައި އޭނާ ވަނީ އެޗްއެސްބީސީ މޯލްޑިވްސްގައި ހަތް އަހަރު ހޭދަ ކޮށްފައި ކަމަށް މަޓާޓޯއިން ބުނެއެވެ.
ސުޒާން ވަނީ މޯލްޑިވްސްގެ ރިސޯޓް ޑިވެލޮޕްމަންޓްގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި ލީޑް ކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ދެކުނު ކޮރެއާގައި ބޭއްވި43 ވަނަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އަދި ވެސްޓާން ޕެސިފިކް ކޮންޓްރެކްޓަރާސް އެސޯޝިއޭޝަން (އައިއެފްއޭޑަބްލިއުޕީސީއޭ)ގެ ކޮންވެންޝަންގައި ޗީފްގެ މަގާމު އަދާކުރެއްވުމުގެ އިތުރުން ރާއްޖޭގައި ބޭއްވި 45 ވަނަ އައިއެފްއޭޑަބްލިއުޕީސީއޭ ކޮންވެންޝަން އިންތިޒާމް ކުރުމަށް އެގްޒެކެޓިވް ޗީފްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.
ފިރިހެނުން ގިނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީއެއްގައި ސުޒާން ވަނީ ހުރަސްތަކެއް ގިރާކޮށް އަންހެނުންނަށް އެކަން ކުރެވޭނެކަން ދައްކައިދީފަކަމަށް މަޓާޓޯއިން ބުނެ އެވެ.
2019 ވަނަ އަހަރު ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ވަނީ އޭނާގެ ފާހަގަކޮށްލެވޭ ހިދުމަތުގެ އަގުވަޒަންކޮށް އެޖަމާއަތުގެ އެންމެ ޝަރަފުވެރި އެވޯޑެއް ސުޒާން އަށް އަރުވާފައި އެވެ.