ads
ޝަމީމްގެ ތަސައްވަރަކީ "ރިސޯޓް ފެންވަރުގެ" ޕީޖީ އޮފީހެއް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހިދުމަތްތައް ލަގްޒަރީ ޕަބްލިކް ސަރވިސްއަކަށް ބަދަލުކުރުމުގެ މަސައްކަތް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ފަށްޓަވައިފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހިދުމަތްތައް ލަގްޒަރީ ޕަބްލިކް ސަރވިސްއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށްޓަވަން ކުރައްވަމުން ގެންދަވާ މަސައްކަތް ހާމަ ކުރައްވަމުން، ޝަމީމް، އެ މަނިކުފާނުގެ ބްލޮގްގައި ވިދާޅުވީ، މަޑުމަޑުން މަސައްކަތް ކުރަމުން ގޮސް، ދާދި އަވަހަށް، ރިސޯޓަކުން ޓުއަރިސްޓަކަށް ލިބޭ ފެންވަރުގެ ހިދުމަތެއް، ޕީޖީ އޮފީހުން ފޯރުކޮށްދެއްވުމަކީ ޝަމީމްގެ ތަސައްވުރު ކަމަށެވެ. 

މިއަދު އަޅުގަނޑުމެން މިތަޢާރަފުކުރަނީ، ތަހުގީގީ އިދާރާއިން ކަންތައްކުރި ގޮތާމެދު ހުށަހަޅާ ޝަކުވާ އޮންލައިންކޮށް ފޮނުވޭ ނިޒާމެކެވެ. ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުގައި ޝަކުވާ ހުށަހަޅާ ޓެބެއް އޮންނާނެއެވެ. ޝަކުވާއެއް ހުށަހަޅަން ފިތާލުމުން، ފޯމެއް ފެންނާނެއެވެ. އެފޯމުގެ ގިނަ، ޢާންމު ބައިބައި ހުންނާނީ ފުރާފައެވެ. ޝަކުވާ ހުށަހަޅާ މީހާ ކުރަންޖެހޭނީ ދެކަމެކެވެ. އޭނާގެ ޝަކުވާއަކީ ކޮބައިކަމާއި، އޭނާ ތަހްގީގީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރުމާ މިދެކަމެވެ. ޝަމީމްގެ ބްލޮގްގައި ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޕީޖީ އޮފީސް، ލަގްޒަރީ ޕަބްލިކް ސަރވިސްއަކަށް ހެދުމުގެ ރާސްތާގައި އެންމެ ފުރަތަމަ ބަދަލުކުރީ ފޯނަށް ޖަވާބުދޭގޮތް ކަމަށެވެ. އެއަށްފަހު، ކުށުގެ ރެކޯޑު ސާފުކޮށްދިނުން އޮޓޯމޭޓްކޮށް، ވަގުތުން ލިބޭގޮތް ހަދައިފީ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މައްސަލައެއްގައި އަނިޔާ ލިބޭ މީހަކަށް، އެމީހެއްގެ މައްސަލައެއް ހިނގާގޮތް ކޮންމެ ވަގުތަކުވެސް ބެލޭނެ ކަމަށާއި ސިޓީބިޓީއަށް ޖަވާބުދޭނީ، ލިޔެފައި އޮތް ފަލްސަފާއެއްގެ ތަރަހައިގެ ތެރެއިން، ސާފު ދިވެހި ބަހުން ކަމަށް ޝަމީމް ވިދާޅުވި އެވެ. 

ޝަމީމް އިތުރަށް ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ނިޒާމާއެކު، ޕީޖީ އޮފީހުން އާންމުންނަށް ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް މިހާރު އޮންލައިންކޮށް ދެވޭނެ ކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. އަދި އެއްވެސް ކަމަކު ޕީޖީ އޮފީހަށް އާންމުންގެ މީހަކު އަންނާކަށް ނުޖެހޭނެ ކަމަށާއި ކޯޓަށް ފޮނުވާ މައްސަލަ އޮންލައިންކޮށް ފޮނުވޭނެ ޓެކްނޮލޮޖީ އެބަހުރި ކަމަށް ޝަމީމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް