ads
ރައީސް ނަޝީދު އާ ކައިވެންޏެއް ކުރައްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އާ ކައިވެންޏެއް ކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ކައިވެނި ބައްލަވައިގެންނެވީ ޔުމްނާ ރުޝްދީ ކިޔާ ޒުވާން ބޭފުޅަކާ އެވެ. 

މިއީ ދީނީ އިލްމުވެރިޔާ ޝެއިހު ރުޝްދީއަށް މުނިކާފަ ވިދާޅުވާ ބޭފުޅެއްކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

ނަޝީދު ކައިވެނި ކުރެއްވި އަވައްޓެރި ލަންކާގައި ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. 

ރައީސް ނަޝީދު އެންމެ ފުރަތަަމަ ކައިވެނި ބައްލަވައިގެންފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ، މަރްހޫމް އެލިއާ އަބްދުﷲ ގެ ލައިލާ އަލީ އަބްދުﷲއާ އެވެ. 

އެ ކައިވެންޏަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. ނަޝީދު އާއި ލައިލާގެ ކައިވެނިވަނީ މީގެ ދުވަސްކޮޅެއް ކުރިން ރޫޅިފައި ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. 

68%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް