ads
މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް އުމުރުން ދުވަސްވީ މީހަކު ފެނިއްޖެ އެވެ.

ކުރިކީލާ މަގުގައި ހުންނަ ގެެއެއްގެ ތެރެއިން ފެނުނު ހަށިގަނޑު މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާއަކީ ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް އުޅުނު މީހެކެވެ.

އެކަމާއި ގުޅިގެން ފުލުހުން މިރޭ "ސީއެންއެމް"އަށް ބުނީ ޑޮކްޓަރަށް ދެއްކުމަށް މާލޭ އައިސް އުޅޭ މީހަކު ހަބަރެއް ނުވާތީ މިރޭ 20:50 ހާއިރު ފުލުހަށް މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.

ރިޕޯޓާއި ގުޅިގެން ފުލުހުން އެމީހާ މާލޭގައި ދިރިއުޅޭތަނުގެ ކޮޓަރިއަށް ވަތްއިރު އެމީހާ މަރުވެފައި އޮއްވާ ފެނިފައިވެއެވެ.

މަރުވެފައި އޮއްވާ ފެނުނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް