އެއާޕޯޓުގެ ރަންވޭގެ ބައެއް ބޭނުން ކުރަން ފެށުމަށް މިއަދު ކުރިއަށް ގެންގޮސްފައިވާ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާރްއޭސީގެ މެނޭޖިން ޑިރެކްޓަރު މެނޭޖިން އަހުމަދު މުބީން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ.
މުބީން އިތުރަށް ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން އެއާޕޯޓް މަޝްރޫއާއެކު މި ސަރަހައްދަށް ނުވަހާސް ޓޫރިޒަމް ބެޑް ގެންނަން ޖެހޭ ކަމަށެވެ. މި ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުމަށް މަޝްވަރާކޮށްފައި ވާކަމަށާއި އަދި ފަތުރުވެރިކަމަށް ރަށްތަައް ދޫކުރާއިރު މި ސަރަހައްދަށް ވަރަށް ބޮޑަށް ބެލުމަށް ނިންމާފައި ވާކަމަށް ވެސް މުބީން ވިދާޅުވި އެވެ.
މި މަޝްރޫއުގައި ހަނިމާދޫގައި ޒަމާނީ ބޮޑު ރަންވޭއަކާއި ރީތި އިންޓަނޭޝަނަލް ޓާމިނަލްއެއް އަޅާނެ އެވެ. މިތަން ނިންމަން ކަނޑައަޅާފައި އޮތީ މި އަހަރު އެވެ. މި އެއާޕޯޓުން ފްލައިޓަށް ތެޔޮ އެޅުމުގެ ހިދުމަތާއެކު ގިނަ ފަސޭހަ ތަކެއް ލިބިގެން ދާނެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓްގައި ހަދަނީ ޖުމްލަ 2465 މީޓަރު ދިގު ރަންވޭއެކެވެ. އެ ރަންވޭ ތަރައްގީކުރުމުގެ ދެވަނަ ބައިގައި ހިމެނޭ 300 މީޓަރު ސަރަހައްދުގައި މިހާރު ވަނީ ސަބްބޭސް އަޅައިފަ އެވެ. އަދި ބާކީ އޮތް 650 މީޓަރުގެ މަސައްކަތް ކުރުމަށްޓަކައި ކުރީގެ ރަންވޭ ބަންދު ކުރަން ނިންމާފައިވާ އިރު، ކަމަށާއި، މި ދެބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރާނީ އެކުއެކީގައި އާރްއޭސީން ބުންޏެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީގެ މަޝްރޫއަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. މިތަން ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ.
އަދި މިތަން ނިންމަން ކަނޑައަޅާފައި ވަނީ ކުރިން އާރުސީއެލް އިން ބުނި ގޮތުގައި ފިޔަވަހި ތަކަށް ބަހާލައިގެންނެވެ.
ކުރީގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. އެ ކުންފުންޏާ އެކީ އެއްބަސްވުމުގައި ސޮއިކުރީ 25 ސެޕްޓެމްބަރު 2022 ގަ އެވެ.