މި މިސްކިތުގެ އަމަލީ މަސައްކަތް ފަށައިދެއްވާފައި ވަނީ އިސްލާމިކް އެފެއާޒް ގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމް އަދި ވަންދޫ ކައުންސިލްގެ ރައީސް ޝިޔާޒް އިބްރާހީމްއެވެ. މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
މި މިސްކިތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިިންނެވެ. މި މަޝްރޫއު ގެ 9778268.92 އެވެ.
މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ގެ އިތުރުން މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މި މިސްކިތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެއް ކަމުގައި އިސްލާމިކް އެފެއާޒް މިނިސްޓްރީއިން ބުނެ އެވެ.