ads
ޕީއެންސީ/ޕީޕީއެމް ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނަށް އަބްދުއްރަހީމްގެ މަރުހަބާ
ޕީޕީއެމް/ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް ޕީއެންސީގެ ރައީސް އަދި ރައީސް ޑރ. މުހަންމަދު މުއިއްޒުގެ އެޑްވައިޒަރު މަރުހަބާ ކިޔައިފި އެވެ.

ޕީއެންސީގެ ރައީސް ޕްރައިމަރީ ކާމިޔާބުކުރެއްވި ބޭފުޅުން ނަށް މަރުހަބާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓްގަ އެވެ.

އެ ޕޯސްޓްގައި އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ޕީޕީއެންސީ އަދި ޕީޕީއެމްގެ ޕްރައިމަރީ ކާމިޔަަބު ކުރެއްވި ހުރިހައި ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށާއި އަދި މި ފަހަރު ކާމިޔާބު ނުވި ބޭފުޅުންނަށް ހިތްވަރުދޭ ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީގެ ލޮބުވެތި އެންމެހައި މެންބަރުންނަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.  

އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި 73 ދާއިރާއަށް 283 ކެންޑިޑޭޓުން ވާދަކުރިއެވެ. މި ޕްރައިމަރީގައި 71597 މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ޕްރައިމަރީ ކަމަށް ކޮންގްރެސް ޕާޓީން ބުނެފައިވެއެވެ.

ޕްރައިމަރީގެ ކުރިން ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޓިކެޓް 13 ފަރާތަކަށް ވަނީ ކަށަވަރުވެފަ އެވެ. އެ ފަރާތްތަކަށް ޓިކެޓް ކަށަވަރުވީ އެ ދާއިރާތަކަށް އެންމެ ކެންޑިޑޭޓަކު ވާދަކުރުމަށް ފޯމު ހުށައެޅުމުންނެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި ތިން ދާއިރާއަކަށް ވާދަނުކުރުމަށް ވެސް ޕީޕީއެމް/ޕީއެންސީން ވަނީ ނިންމާފަ އެވެ. އެއީ ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އާއި އެމްޑީއޭގެ ލީޑަރުން ވާދަކުރައްވާ ތިން ދާއިރާއެވެ. އެ ތިން ދާއިރާއަށް ވާދަނުކުރަނީ ސަރުކާރާއެކު މަސައްކަތް ކުރާ ތިން ޕާޓީގެ ލީޑަރުންނަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް