މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ރާއްޖޭގެ 3 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމަށް ނިންމާފއިވާކަމަށެވެ.
މި މަރުކަޒުތައް ހަދަން ނިންމާފައިވަނީ ނ. ވެލިދޫ އާއި ކ. ކާށިދޫ އާއި ލ. އަތޮޅުގައި ކަން ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ލ. އަތޮޅުގައި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައެޅުމުގެ ގޮތުން، އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް، ނޭޝަނަލް ޑްރަގް އޭޖެންސީންވަނީ އެއަތޮޅުގެ 11 ރަށަކަށް ދަތުރުކޮށްފައެވެ. މިދަތުރުގައި ލ. ފޮނަދޫ، ގަން، މާވަށް، އިސްދޫ، ކަލައިދޫ، މާވަށް، ހިތަދޫ ، މުންޑޫ، ކުނަހަންދޫ، ގާދޫ އަދި މާބައިދޫއަށް ވަނީ ޒިޔާރަތްކޮށް އެ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށްފައިވާކަމަށްވެސް ނޭޝަނަލް ޑްރަގް އޭޖެންސީން ބުނެއެވެ.
މަސްތުވާތަކެތީގެ ފަރުވާ ދޭ ރިހެބިލިޓޭޝަން ސެންޓަރުތައް އަމިއްލަ ފަރާތްތަކުން ހިންގުމުގެ ހުއްދަ ދޭންވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
މިވަގުތު ރާއްޖޭގައި ތިން ރިހެބިލިޓޭޝަން ސެންޓަރެއް އަންނަނީ ހިންގަމުންނެވެ. އެއީ ކ. ހިންމަފުށީގައި ހުންަ މަރުކަޒާއި ހުޅުމާލޭގެ ހާފްވޭ ހައުސް މާލޭގައި ހުންނަ ސެންޓަރެވެ. އެ
ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7500 ވަރަކަށް މީހުން އުޅޭ ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. އަދު ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ %80 އަކީވެސް މަސްތުވާތަކެތީގެ މައްސަލާގައި ހުކުމް އިއްވާފައިވާ މީހުންނެވެ.