ads
ވެމްކޯ އަހަރީ ދުވަހު މާލެއިން ކުނި ނަގާނީ މެންދުރު
ވެމްކޯ އަހަރީ ދުވަހު މާލެއިން ކުނި ނަގާނީ މެންދުރު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުުނީގެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން އެ ކުންފުނީގެ އަހަރީ ދުވަސް ކަމުގައިވާ 1 ފެބްރުއަރީ ވަނަ ދުވަހު މާލޭން އަދި ވިލިމާލޭގެ ކުނި ނަގާނީ 14:00- 17:00 އަށް ކަމަށެވެ. 

މީގެ އިތުރުން މާލޭ އާއި ހުޅުމާލޭ އަދި ވިލިނގިލި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވިފައި ހުންނާނީ ހެނދުނު 8:00 ފެށިގެން ހަވީރު 17:00 އަށް ކަމަށާއި ކޯލް އެންޑް ޕިކްއަޕް ކުރިޔަށް ދާނީ ހެނދުނު 9:00 އާއި 16:00 ހަވީރު އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ހުޅުމާލޭއިން ކުނި ނެގުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ފެށިގެން 17:00 އަަށް ކަމަށާއި ހުޅުމާލޭ ފޭސް 2 އިން ކުނި ނަގަން ހަމަޖެހިފައިވަނީ  ހެނދުނު 7:00 އިން ފެށިގެން ހަވީރު 15:00 އަށް ކަމަށް ވެމްކޯގެ އިއުލާނުގައި ވެއެވެ. 

ތިލަފުށީ ޑިސްޕޯސަލް ސައިޓް ހުޅުވިގެންދާނީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 17:00 އަށް ކަމަށް އެ ކުންފުނިން ބުނެއެވެ. 

ވެމްކޯ އާއި އަދި ބައެއް ތަންތަނުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުނި ނަގަމުން ދިޔަ ނަމަވެސް މާލޭގެ އެކި ސަރަހައްދަށް ގަވައިދާ ހިލާފަށް ކުނި އަޅާފައި ހުރުމަކީ ހައްލު ނުވެ އޮންނަ އާންމުންގެ ބޮޑު ޝަކުވާ އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް