ads
ބަންޑާރަ ނައިބު އަހުމަދު އުޝާމަށް މަޖިލީހުގެ ރުހުމެއް ނުލިބުނު..!
ބަންޑާރަ ނައިބު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުހްގެ ރުހުމެއް ނުލިބުނެވެ.
Advertisement

ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވިއިރު އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުން ނެވެ.

އުޝާމްގެ އިތުރުން މިއަދު މަޖިލީހުގެ ރުހުން ނުލިބުނީ ދެ ވަޒީރަކަށެވެ. އެއީ:

  1. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވި އެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުން ނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އަށް މެމްބަރުން ތިއްބެވި އެވެ.

  2. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށް ފާސްވީ 46 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ހައިދަރަށް ރުހުން ދޭން ފެނުނީ 24 މެމްބަރުންނަށެވެ.

ނުރުހުން ނުދޭން އެންމެ ފުރަތަމަ ނިންމީ ބަންޑާރަ ނާއިބު އުޝާމަށެވެ. އޭގެ ފަހުން އިސްލާމިކް މިނިސްޓަރު ޝަހީމަށެވެ. އަދި ހައުސިން މިނިސްޓަރު ހައިދަރަށް ވެސް ރުހުން ނުދޭން އެމްޑީޕީއާ ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފަ އެވެ.

ރުހުން ދިން ވަޒީރުންނާއި ވޯޓުގެ ތަފްސީލު

  1. ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނު: 71 ވޯޓު ( އިއްތިފާގުން)
  2. ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: 70 ވޯޓު ( އިއްތިފާގުން)
  3. ފޮރިން މިނިސްޓަރު މޫސާ ޒަމީރު: 70 ވޯޓު ( އިއްތިފާގުން)
  4. ހޯމް މިނިސްޓަރު އަލީ އިހުސާން: ރުހުންދޭން ފެންނަ ކަމަށް 68، ނުފެންނަ ކަމަށް 1
  5. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު: ރުހުންދޭން ފެންނަ ކަމަށް 57، ނުފެންނަ ކަމަށް 9،
  6. ހެލްތު މިނިސްޓަރް އަބްދުﷲ ހަލީލް : ރުހުންދޭން ފެންނަ ކަމަށް 69، ވަކިކޮޅަކަށް ވޯޓު ނުދޭ އެކެއް.
  7. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ރުހުންދޭން ފެންނަ ކަމަށް 37، ނުފެންނަ ކަމަށް 32،
  8. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ރުހުންދޭން ފެންނަ ކަމަށް 69 ވޯޓު ( އިއްތިފާގުން)
  9. ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް : ރުހުންދޭން ފެންނަ ކަމަށް: 58، ނުފެންނަ ކަމަށް 02، ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެކެއް.
  10. ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް: 69 ވޯޓު ( އިއްތިފާގުން)
  11. ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: ރުހުން ދޭން ފެންނަ ކަމަށް 70 ވޯޓު ( އިއްތިފާގުން)
  12. އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް: ރުހުން ދޭން ފެންނަ ކަމަށް 69 ވޯޓު ( އިއްތިފާގުން)
  13. ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު: ރުހުން ދޭން ފެންނަ ކަމަށް 70 ވޯޓު ( އިއްތިފާގުން)
  14. އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާ: ރުހުން ދޭން ފެނަން ކަމަށް 70 ވޯޓު ( އިއްތިފާގުން)
  15. ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު: ރުހުންދޭން ފެންނަ ކަމަށް 70 ވޯޓް، (އިއްތިފާގުން)
  16. ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް: 70 ވޯޓު (އިއްތިފާގުން)
  17. ދިވެހި ލޭންގުއޭޖް މިނިސްޓަރު އާދަމް ނަސީރު: 63 ވޯޓު
  18. ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ: 66 ވޯޓު, ނުފެންނަ ކަމަށް އެއް ވޯޓު
  19. ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު: 68 ވޯޓު

ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުން މިއަދު ފާސްކުރީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން އެގޮތަށް ނިންމައިގެންނެވެ. ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ދެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕްލައިނެއް ނެރުނު ކަމަށް ނުރަސްމީކޮށް އެނގުނު ނަމަވެސް ރުހުން ނުދޭން ނިންމީ ސީދާ ކޮންކޮން ވަޒީރުންނަކަށް ކަމެއް އެ ދެޕާޓީން ހާމައެއް ނުކުރެ އެވެ.

ވަޒީރުންނަށް ރުހުން ނުދީފި ނަމަ ދެން ހަދާނީ ކިހިނެތްތޯ މީގެ ކުރިން ނޫސްވެރިން ސުވާލު ކުރުމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރުހުން ނުދޭ މިނިސްޓަރުން އަލުން އެ މަގާމަށް އައްޔަން ކުރުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނަނީ ކެބިނެޓް އައްޔަން ކުރުމަށް ފަހު ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ. ވަޒީރަކަށް ރުހުން ނުދީފި ނަމަ ވާނެ ގޮތެއް ގާނޫނުއަސާސީގައި އަދި ގާނޫނެއްގައި ވެސް ނުބުނެ އެވެ.

އެ މައްސަލާގައި މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްގައި ބުނެފައި ވަނީ ރުހުން ދޭން ނުފެންނަ ކަމަށް ނިންމިޔަސް އެ ވަޒީރަކު މަގާމުން ވަކިވާނީ ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމުން ވަކި ކުރުމުން ނުވަތަ އޭނާ އަމިއްލަ އަށް އެ މަގާމުން ދުރުވުމުންނެވެ.

އެ ނޫން ހާލަތްތަކުގައި ޑިފެކްޓޯކޮށް އޭނާ ވަޒީފާގައި ދެމިހުރެވޭނެ ކަމަށް އެ އަމުރުގައި ބުނެފައި ވެއެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް