ads
މުއިއްޒު މޭޔަރުކަމުގެ ޗައިނާއަށް، އާޒިމް ދިނީ އާރުޑީސީއަށް
މާލޭގައި ތާރުއަޅާފައިވާ މަގުތައް ބެލެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މާލޭސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު މޭޔަރު އާދަމް އާޒިމްއެވެ. އާރުޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހުރީއެވެ. 

މި އެއްބަސްވުމުގެ ދަށުން އާރުޑީސީއާ ހަވާލުކުރީ ބޮޑުތަކުރުފާނު މަގާއި އަމީނީމަގު މަރާމާތުކޮށް ބެލެހެއްޓުމާއި މަގުތަކުގައި ހަދާފައިވާ ކާނުތަކުގެ މަތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތެެވެ. އެހެންނަމަމަވެސް މި މަސައްކަތް ހަވާލުކުރީ ކިހާ މުއްދުތަކަަށް ކަމެއް އަދި މަސައްކަތުގެ އަގަކީ ކިހާވަރެއްކަމެއް އަދި ނޭނގެއެވެ. 

ބޮޑުތަކުރުފާނުމަގުގެ ތާރުއެޅި ބައިން ހަލާކުވެފައި 32 ތަނެއް ހަދަން ޑރ. މުއިއްޒުގެ މޭޔަރުކަމުގައި ހަވާލުކުރީ ޗައިނާގެ ކުންފުންޏަކާއެވެ. ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖީނިއަރިން ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 1.49 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތައް ބިޑްކުރަން ހުޅުވާލުމުން ކުރިމަތިލީ ކިތައް ފަރާތުން ކަމެއް އަދި އެކަމުގެ ތަފްސީލެއް އޭރު ކައުންސިލުން ދީފައެއް ނުވެއެވެ. 

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި އެކުންފުންޏާއި މަސައްކަތް ހަވާލުކުރުން އޭރު ހެދިތަން ތަން އަލުން ތާރު ނަގައިގެން މިހާރު އަންނަނީ ހަދަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް