ads
ރުހުން ނުލިބުނު ވަޒީރުންނަށް އަލުން ހުވައިލައިދޭން ސުޕްރީމް ކޯޓު ދެކޮޅު
ރައްޔިތުންގެ މަޖިލީހުން، ކެބިނެޓް ވަޒީރުންގެ ތެރެއިން ރުހުން ނެތް ކަމަށް މިއަދު ނިންމި ތިން ވަޒީރަކަށް އަލުން ހުވައިލައިދޭން ސަރުކާރުން އެދުމުން، އެކަމަށް ސުޕްރީމް ކޯޓުން ދެކޮޅު ހަދައިފި ކަމަށް ބައެއް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

އާ ސަރުކާރުގެ ކެބިނެޓްގެ 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދުވަނީ ނިންމާފަ އެވެ. 

ރުހުން ނުލިބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނާއިބު އަހްމަދު އުޝާމްއެވެ. ކެބިނެޓްގެ މި ތިން މެންބަރުންނަށް މަޖިލީހުން ރުހުން ނުދޭން ނިންމުމާއެކު، އަލުން އެ ތިން ބޭފުޅުން ހަމަ އެ މަގާމްތަކަށް އައްޔަންކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.

އިތުބާރު ހިފޭ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މަޖިލީހުން ރުހުން ނުދިން އެ ތިން ބޭފުޅުން އަލުން ވަޒީރު ކަމަށް އައްޔަންކޮށް އެބޭފުޅުން އަލުން ވަޒީރުކަމުގެ ހުވާކުރުމަށް، ހުވާލައިދެއްވުމަށް ފަނޑިޔާރަކު ފޮނުއްވުމަށް ރައީސް އޮފީހުންވަނީ ސުޕްރީމް ކޯޓުގައި މިއަދު އެދިފަ އެވެ.

އާއްމުކޮށް ރައީސް އޮފީހުން އެ ގޮތަށް އެދުމުން ސުޕްރީމް ކޯޓުން ފަނޑިޔާރަކު ކަނޑައަޅުއްވައެވެ. އަދި ބައެއް ފަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ދެވެން ނެތްނަމަ، ސުޕްރީމް ކޯޓުގެ އެންގުމަކަށް ހައިކޯޓުން ނުވަތަ ދަށު ކޯޓަކުންވެސް ފަނޑިޔާރުން ފޮނުވަ އެވެ. އެހެންނަމަވެސް، މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން އެ މަގާމުން އައްޔަން ކުރުމަށް ހުވައި ލައިދެއްވަންއަ ފަނޑިޔާރުން ފޮނުއްވުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. 

އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އާއްމުކޮށް އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.  

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް