ads
ފޮޓޯ: ދިރާގު
އީޕީއޭގެ ރީސްޓޯ ރަސްފަރީ ޕްރޮޖެކްޓަށް ދިރާގުން އެހީ ފޯރުކޮށްދީފި
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޗްޕީއޭ)ގެ "ރީސްޓޯ ރަސްފަރީ" ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ރިސްޓޯ ރަސްފަރީ އަކީ 2021 ވަނަ އަހަރު ރަސްފަރީ ފަރަށް އާގު ބޯޓެއް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް އިޔާދަކުރުމަށްޓަކައި އީޕީއޭއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

ރަސްފަރީ ފަރު އިޔާދަކުރުމުގެ މަސައްކަތް ކުރާ އީޕީއޭގެ ރިސްޓޯރޭޝަން ޓީމުތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމަފަ އެވެ. އަދި އެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކަށް ދިރާގުން ޑައިވިން ކިޓްތައް ވެސް ހަދިޔާކޮށްފައިވެ އެވެ.

ދިރާގުން ބުނީ، އެ ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް އީޕީއޭއާ ގުޅިގެން މަސައްކަތް ކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ތިމާވެށި ހިމާޔަތްކޮށް ކަނޑުތަށް ބެލެހެއްޓުމުގެ ހަރަކާތްތަކުގައި ދިރާގުން އަބަދުވެސް ބައިވެރިވާނެ ކަމަށެވެ.

މީގެއިތުރުން ރަސްފަރީ ފަރު އިޔާދަ ކުރުމުގެ މަސައްކަތުގައި ދިރާގާއެކު ޕާޓްނާޝިޕް ހެދުމަށް ފަހު އީޕީއޭއިން ބުނީ، އެ ޕްރޮޖެކްޓްގެ ކޮންމެ މަރުހަލާއެއްގައި ވެސް ކަމާގުޅުންހުރި ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ.

އީޕީއޭގެ އެ ޕްރޮޖެކްޓްގެ ދަށުން ފަސް އަހަރުގެ މުއްދަތަކަށް ފަރުގައި މުރަކަ އިންދައި، ނާސަރީތަކުގައި އާލާކުރާ މުރަކަ ފަރަށް ބަދަލުކުރުން ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް