ads
ޕެނަޑޯލް ބޭނުންކުރުން ހުއްޓާލަން އަންގައިފި
ދިވެހީން އާންމު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޕެނަޑޯލާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހަދަމުން އަންނަ ޓެސްޓުތަކަކާ ގުޅިގެން އެ ބޭސް ބޭނުންކުރުން މިހާރަށް ހުއްޓައިލުމަށް އެ އޮތޯރިޓީން މިއަދު އަންގައިފިއެވެ.

އޮތޯރިޓީން ބުނީ ރާއްޖެ އެތެެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް "ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން" ހަަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މި ބޭހުގެ ސާމްޕަލެއް މާކެޓުން ނަގައި، ޓެސްޓު ކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

your imageބޭނުންކުރަން ހުއްޓައިލަން އެންގި ޕެނަޑޯލްގެ ސްޕެސިފިކޭޝަންތައް --

މީގެ އިތުރުން މިވަގުތު ގުދަންކުރެވިފައިހުރި މި ބޭހުގެ ސްޓޮކް ވަކިކުރުމަށްފަހު ރައްކާކުރަންޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"މި އޮތޯރިޓީން ވަކި ގޮތެއް އަންގަން ދެން ފާމަސީތަކުންނާއި އާންމު ފިހާރަތަކުން މިވަގުތު ބޭސް ނުވިއްކުމަށް ދަންނަވަމެވެ. މި އިންވެސްޓިގޭޝަން ނިމެންދެން މި ބޭސް ރާއްޖެ އެތެރެކުރުން ވަނީ "ރެސްޓްރިކްޓް" ކުރެވިފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

ފެނަޑޯލަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ބޭނުންކުރާ ބޭހަށްވާއިރު އެ ބޭސް މިވަގުތު ބޭނުންނުކުރެވުނު ނަމަވެސް ފެރަސެޓެމޯލް 500 މިލިގްރާމާއި އޭގެ 11 ބްރޭންޑަކާއި ޕެރަސެޓެމޯލް 650 މިލިގްރާމުގެ 7 ބްރޭންޑެއް އެޕްރޫވް ޑްރަގު ލިސްޓުގައި ހިމެނެ އެވެ.

މީގެ ކުރިން ވެސް ދިވެހީން އާންމު ގޮތެއްގައި ބޭނުންކުރަމުން އައި ބައެއް ބޭސްތައް ބޭނުންކުރުން ހުއްޓައިލުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް