ads
ރަސްމާލެ ޓަނަލް: އިގްތިސާދީ ގޮތުންވާނެ ފައިދާ
ރަސްމާލެ ޓަނަލް އަކީ ދިވެހިރާއްޖޭ ޓޫރިޒަމް ކުރިއެރުވުމަށް ބޭނުން ކުރެވިދާނެ ޕްރޮޑަކްޓެކެވެ. ވަރަށް ގިނަ މިހުންނަކީ ކަނޑު އަޑީގެ ރީތި މަންޒަރު ތައް ދެކޭ ހިތްވިޔަސް ޑައިވް ކުރަން ނުވަތަ ސްނޯރކްލިންގ އަށް ދިޔުމަށް ފަސް ޖެހޭ މީހުން ނެވެ.
Advertisement

ޑައިވް ކުރަން ނުވަތަ ސްނޯރކްލިންގ އަށް ދިޔުމަށް ފަސް ޖެހޭ މީހުންނަށް ކަނޑު އަޑީގައިވާ އަޖާއިބެއްފަދަ ގުދުރަތީ ރީތިކަން ފެނިގެންދާ ހަމަ އެކަނި ގޮތަކީ މޮޅު ކެމެރާމަނަކު ނަގާ ވީޑިޔޯއެއް ޓީވީގެ ނުވަތަ އެ ނޫންވެސް މީޑިއާގެ ޒަރީއާއިން ބަލާލުމެވެ. ރަސްމާލެ ޓަނަލްއަކީ ދިވެހީންގެ ވެސް އެތައް ބަޔަކު ބަލަން ބެނުންވާނެ އަދި ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިޔުމަށް ހުޅުވާލެވޭ ދޮރަކަށް ވެގެންދާނެއެވެ.

ސުވާލަކީ މިކުޑަކުޑަ ރާއްޖެއިން އެވަރު ޓްރެފިކެއް ލިބިދާނެތޯއެވެ.؟ މާލެއާއި ރަސްމާލެ އާއި ދެމެދު ކަނޑު މަގުން ކުރެވޭ ދަތުރުގެ ވަގުތު ކިހާވަރަކަށް ކުޑަ ކުރެވިދާނެތޯ؟ ކަނޑު އުޅަނދު ފަހަރުން ކުރާ ދަތުރުތައް މަދު ކުރެވުމުގެ ސަބަބުން ކިހާ ތެލެއް ސަލާމަތް ކުރެވިދާނެތޯ؟ ޖައްވަށް ދުކޮށްލެވޭ ވިހަ ގޭސްތައް ކިހާވަރަކަށް މަދު ކުރެވިދާނެތޯ؟

އަޅުގަނޑުމެން ގެ އަވަށްޓެރި ގައުމު ތަކާއި އެހެނިހެން ގައުމުތަކުންވެސް މިފަދަ ބޮޑެތި އިންފްރަރސްޓްރަކްޗަރ ތައް ބޭނުން ކުރާ ފަރާތް ތަކުން " ފީ" އެއް ނަގާ އިރު މިރާއްޖޭގައި މިކަން އޮންނަނީ ދިމާ އިދިކޮޅަށެވެ. ބްރިޖުން "ޓޯލް" ނެގުމަކީ އެއްބައެއްގެ ވިސް ނުން ކަމުގައި ވާނަމަ ދެން ސަރުކާރަށް އަންބަޔަކު އެކަން އެހެން ގޮތަކަށް ބަދަލު ކޮށްލައެވެ. އެހެން ކަމުން މިފަދަ މަޝްރޫއު ތައް ހިންގާ ބެލެހެއްޓުމަކީ ކޮންމެ ސަރުކާރަކުންވެސް ހިންދެމިނުލާ އުފުލަން ޖެހޭ ބުރައަކަށް ވެފައިވެ އެވެ.

ޖަޕާނު ގައި އެޅުމަށް މިހާރު ޕްލޭން ކޮށްފައިވާ ޓަނަލް ހެދުމަށް 7 ބިލިޔަން ޑޮލަރު ޚަރަދު ވާނެކަމަށް ބެލެވޭ އިރު 27 އަހަރުގެ މުއްދަތަކުން އެ މަޝްރޫއަކީ "ފީޒިބަލް" މަޝްރޫއެއް ކަމުގައި ވެގެން ދެއެވެ.

ޑިސެމްބަރު 22، 2016 ގައި ހުޅުވި ތުރުކީވިލާތުގައި ޤާއިމް ކޮށްފައިވަ "ޔޫރޭޝިއާ" ޓަނަލް ހެދުމަށް 1.3 ބިލިއަން ޑޮލަރު ހަރަދުވެފައިވެ އެވެ. ޓަނަލް އެޕްރޯޗް މަގުތައް ހިމެނޭ ގޮތަށް މުޅި ރޫޓުގެ ދިގުމިނަކީ 14.6 ކިލޯމީޓަރު ކަމަށާއި، ޑަބަލް ޑެކް ޓަނަލްގެ ދިގުމިނުގައި  5.4 ކިލޯމީޓަރު ހުރެއެވެ. މި ޓަނަލް ހަދާފައިވަނީ ކަނޑުގެ 106 މީޓަރ އަޑީގައި ހާއްސަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ.

މިފަދަ މަޝްރޫއުތައް ތަންފީޒް ކުރުމުގެ ކުރިން އެމަޝްރޫޢްއަކުން ލިބިދާނެ ފައިދާ އާއި ގެންލުން ބަލައި އެ މަޝްރޫއެއްގެ ސަބަބުން އިގްތިސާދަށް ފައިދާވާ މަޝްރޫތަކެއްގެ ގޮތުގައި ބައްޓަން ކުރަން ޖެހެ އެވެ. ޔޫރޭޝިއާ ޓަނަލް މަޝްރޫއުއިން، ފަސިންޖަރުންގެ 84 މިލިއަން ގަޑިއިރުގެ ވަގުތު ސަލާމަތްކޮށް، 1،111 މިލިއަން ވެހިކިއުލަރ ކިލޯމީޓަރު މަދުކޮށް، 129،000 ޓަނު ތެޔޮ ބޭނުންކުރުން މަދުކޮށް، 50.000 ޓަނު ކާބަންޑައި އޮކްސައިޑް ދޫކުރުން މަދުކޮށް، ހިންގުމުގެ ފުރަތަމަ އަހަރުގައި އިގްތިސާދަށް 151 މިލިއަން ޑޮލަރު ކޮންޓްރިބިއުޓްކޮށްފަ އެވެ. މަޝްރޫގެ ސަބަބުން މިފަދަ ނަތީޖާތައް ނިކުންނަ ކަމުގައި ވަނީނަމަ މިފަދަ މަޝްރޫއު ތަކަށް ފައިނޭންސް ކުރާ ފަރާތް ތަކަށް އިތުބާރު ބޮޑުވެ ފައިސާ ދިނުމުގައި ލުއި ފަސޭހަ ގޮތް ތަކެއް ހަމަ ޖެހިގެން ދާނެ އެވެ.

އަޅުގަނޑުމެން ގެ މިކުޑަކުޑަ ރާއްޖޭގައިވެސް މިފަދަ އުމްރާނި ތަރައްގީގެ މަޝްރޫއްތައް ހިންގުމަށް ހަމަ އެކަނި ސަރުކާރުން ހިންގާ މަޝްރޫއް ތަކެއްގެ ބަދަލު ގައި "ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް" މޮޑެލް އިހުތިޔާރު ކުރުމަކީ ރަގަޅު ކަމެއް ކަމުގައި ދެކެމެވެ. މި މޮޑެލް ގެ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ދެއްކި ކަމުގައި ވީނަމަވެސް ހަގީގީ މާނައިގައި މި މޮޑެލް ގެ މަޝްރޫއެއް އަދި މިހާތަނަށް ތަންފީޒް ކުރެވިފައި ނުވާކަން ފާހަގަ ކުރަމެވެ.

މަތީގައި ބަޔާން ކޮށްފައިވާ ކަންކަމަށް ރިއާޔަތް ކޮށް ރަސްމާލެ ޓަނަލަކީ މުސްތަގުބަލު ގައި މާލީ، އިގްތިސާދީ އަދި އިޖްތިމާއީ  މަންފާ ލިބިދެނިވި މަޝްރޫއަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ ދިރާސާ ހަދައި "ޕްރޮޖެކްޓް އިނީޝިއޭޝަން ޑޮކިޔުމަންޓް" ތައްޔާރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އަދި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މަޝްރޫއަށް ފައިސާ ދޭ ފަރާތާއި އެމަސައްކަތާއިގުޅުން ހުރި އެންމެހާ ސްޓޭކްހޯލްޑަރުން ގެ ބައިވެރިވުން އޮތުމަކީ ވެސް މަޝްރޫ ކާނމިޔަބު ކުރުމަށް އެހީތެރިވެދޭނެ އެއް ސިފަ ކަމުގައިދެކެމެވެ.

ހަރަދާއި ވަގުތަށް ބަލައި މި މަޝްރޫއު ކުރިއަށް ގެންދިޔުން އެންމެ ރަގަޅީ ބިއްލޫރި ޓަނަލެއްތޯ ނުވަތަ ކޮންކްރީޓް ބޭނުން ކޮށްގެން ހަދާ ޓަނަލެއްތޯ ބެލުމަކީ ކުރިން ފާހަގަ ކޮށްފައިވާ މަޝްރޫއް އިން ލިބިދެނިވި ފައިދާ ތައް ދެނެގަތުމަށް އެހީ ތެރިވެދޭނެ ކަމެއް ކަމުގައި ދެކެމެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް