ads
އަންނަ މަހު ސަވާދީއްތަ ދަތުރު ފަށަނީ
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ސަވާދީއްތަ ދަތުރު އަންނަ މަހުގައި ފަށާނެ ކަމަށް މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.

އެމްއައިޓީޑީސީން ބުނީ ސަވާދީއްތަ ދަތުރުގެ ނަމުގައި ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ޔޮޓް ރެލީގެ ތިންވަނަ ދަތުރު ފެބްރުއަރީ 10 ‏‏ވަނަ ދުވަހުގައި ފަށާނެ ކަމަށެވެ.

މި އަހަރުގެ ސަވާދީއްތަ ދަތުރުގައި 10 ‏ޔޮޓަކުން 55 މީހުން ބައިވެރިވެފައި ވާ ކަމަށް އެމްއައިޓީޑީސީީން ބުނެއެވެ. ފުރަތަމަ ފަހަރަށް އީކުއޭޓާ ހުރަސްކުރާ މި ސަވާދީއްތަ ދަތުރުގައި އޮސްޓްރޭލިއާ، ޔޫކޭ، ޔޫއޭއީ، ފްރާންސް އަދި ފިންލޭންޑްގެ ޔޮޓްތަށް ބައިވެރިވާނެ އެވެ.

މި ޔޮޓްރެލީ ފެބްރުއަރީ 29 އާ ހަމަޔަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، މިފަހަރުގެ ތީމް އަކީ "މޯލްޑިވްސް - އަ ސްމޯލް ކަންޓްރީ ވިތް އަ ބިގް ހާރޓް" އެވެ.

މާލެ އަތޮޅު ކުޑަގިރިން ފަށާ މިފަހަރުގެ ސަވާދީއްތަ ދަތުރުގައި ވ.ފުލިދޫ، މ.މުލި، ލ.ގަން، ލ.ފޮނަދޫ، ގއ.ކޮލަމާފުށި، ގދ.ހޯނޑެއްދޫ، ސ.ހިތަދޫ އަދި ސ.ގަމަށް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން އެމްއައިޓީޑީސީން ބުނީ މި ޔޮޓްރެލީއަކީ ރާއްޖޭގެ ސަގާފަތާއި ފަންނުވެރިކަން އަދި ކެއިންބުއިމުގެ އާދަތަކާއި، ދިވެހިންގެ ކުޅިވަރުތައް ދުނިޔެއަށް ދައްކާލުމަށް ލިބިގެންދާ މުހިއްމު ފުރުސަތެއް ކަމަށެވެ. 

ސަވާދީއްތަ ދަތުރުގެ ނަމުގައި 2022 އަހަރާއި 2023 ވަނަ އަހަރު ވެސް ޔޮޓްރެލީ ބާއްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް