ads
މިދިޔަ އަހަރު ނިމުނު އިރު ރިޒާވްގައި ހުރީ 177 މިލިއަން ޑޮލަރު
މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި 177 މިލިއަން ޑޮލަރުގައި ހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ‏) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރަސްމީ ރިޒާވްގައި މިވަގުތު 589 މިލިއަން ޑޮލަރު ހުރިއިރު، 2022 ވަނަ އަހަރު ނިމުނު އިރު ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވުގައި އެ އަހަރު 268 މިލިއަން ޑޮލަރު ހުއްޓެވެ.

ނަމަވެސް 2023 ވަނަ އަހަރު ރަސްމީ ރިޒާވް އޭގެ ކުރީ އަހަރަށް ވުރެ 243 މިލިއަން ޑޮލަރު މަދުވެ، ޔޫޒަބަލް ރިޒާވުން ވަނީ 90 މިލިއަން ޑޮލަރު މަދުވެފަ އެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުން މިދިޔަ އަހަރު ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވާ އޮކްޓޫބަރު މަހުގައި ޔޫޒަބަލް ރިޒާވް ވަނީ 91 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެ މަހު ރަސްމީ ރިޒާވް ހުރީ 552 މިލިއަން ޑޮލަރު ހުރިއިރު ނޮވެމްބަރު މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 98 މިލިއަން ޑޮލަރެވެ.

ފާއިތުވި ދެ އަހަރު ތެރޭގައި ދައުލަތުގެ ރިޒާވަށް ބޮޑެތި ބަދަލުތަކެއް އައިސް، ރިޒާވްގެ އަދަދު 50 އިންސައްތައާ ހަމައަށް ވެސް ދަށްވެފައިވެ އެވެ. އެކަމާ ގުޅިގެން ކުރީގެ ސަރުކާރުން ބުނީ ރިޒާވް ދަށަށް ދިޔައީ، ތެލުގެ ހަރަދު ހަމަޖެއްސުމަށް ބޮޑު އަދަދެއް ހޭދަކުރަން ޖެހުމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް