ads
ދައުލަތުގެ ވެރިންނަށް ހަމަލާދެނީ ސަރުކާރުން ގްރޫޕްތަކަށް ހިމާޔަތްދޭތީ: އެމްޑީޕީ
ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކަށް ޖެހިލުމެއްނެތި ގްރޫޕްތަކުން ހަމަލާ ދެނީ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުންކަމަށް މޯލްޑިވްސް ޑިމޮކެރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެޕާޓީން މިހެން ބުނީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމަށް މިއަދު މަގުމަތިން ބަޔަކު ހަމަލާދިނުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. 

މީމަށް ބަޔަކު މީހުން ހަމަލާދީފައިވަނީ މިއަދު ހެނދުނު ނޫރު މިސްކިތް ކައިރިންނެވެ. އެނގިގައިވާ ގޮތުގައި ޝަމީމަށް ހަމަލާދީ ސައިކަލެއްގައި ހެލިމެޓް އަަޅައިގެން އައި ބަޔެކެވެ. އެމީހުން ދިން ހަމަލާ އަމާޒުވީ ޝަމީމްގެ އަތަށެވެ. ހަމަލާގެ ސަބަބުން އަތުގެ ކަށިގަނޑުގައި ރެނދުލާފައިވާކަމަށްވެއެވެ. 

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރައީސް ޑރ. މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދެވެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފައިވާކަމަށެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގައި މާރާމާރީ މަދުކޮށްފައިވަނިކޮށް  ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެޑައިގެންފަހުން މާރާމާރީތައްވެސް އިތުރުވެފައިވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ. 

އެމްޑީޕީން ބުނީ ދައުލަތުގެ އިސް މގާމުތަކުގައި ތިބި މީހުންނަށް ހަމަލާދޭނީ ސަރުކާރުން ކުށްކުރާ ގްރޫފްތަކަށް ހިމާޔަތްދޭތީކަމަށެވެ.

" ރައީސް ޑރ މުއިއްޒުގެ ސަރުކާރުގައި މިފަދަ އަނިޔާވެރި އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަން މި ޕާޓީން ގަބޫލުކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ ޕީޖީ ޝަމީމަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގާ, ހަމަލާ ދިން ބައެއް ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ. އަދި ރައީސް ޑރ މުއިއްޒާއި ރައީސް ޑރ މުއިއްޒުގެ ސަރުކާރާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތްގުޅުމެއްގެ ތެރެއިން އެ ގްރޫޕްތަކަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން ހުއްޓާލުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް