ads
ވަޒީރުންގެ މައްސަލަގައި ރަސްމީ ލަފައެއް ލިބިފައިއެއް ނުވޭ: މަޖިލީހުގެ އިދާރާ
ރުހުން ނުލިބުނު 3 ވަޒީރުންގެ މައްސަލަގައި ރަސްމީ ލަފައެއް ލިބިފައިނުވާކަމަށް މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިއާއު މިއަދު ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން މިނިސްޓަރުންނަށް އަލުން ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ރަސްމީ ލަފައެއް ދެއްވާފައި ނުވާ ކަމަށް ޒިއާއު ވަނީ ސީއެންއެމް އަށް ވިދާޅުވެފައި އެވެ. 

މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން މަގާމަށް އައްޔަނުކޮށް، އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް އަލުން ނުފޮނުވޭނެ ކަމަށް ފިލްޒާ ލަފާ ދެއްވާފައިވާ ކަމަށް އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވަނީ ވިދާޅުވެފައިއެވެ.

"ކައުންސެލް ޖެނެރަލް ވަރަށް ސާފުކޮށް ވިދާޅުވި ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް ދެން އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް،" ބިގޭ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން ތިން މިނިސްޓަރަކަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި އެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ މާ ގިނައިރު ތަކެއް ނުވެ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ނަމަވެސް އެއީ ގާނޫނުއަސާސީގެ ދަށުން ރައީސަށް ކުރެއްވިދާނެ ކަމެއް ކަމާ މެދު ގާނޫނީ ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. އެއީ އެ މަނިކުފާނަށް ކުރެވިދާނެ ކަމެއް ކަމަކަށް އިދިކޮޅު ޕާޓީ އެމްޑީޕީން ވެސް ގަބޫލެއް ނުކުރެ އެވެ.

 އިތުރަށް ކިޔާލަން: ރުހުން ނުދިން ވަޒީރުންގެ ނަންތައް މަޖިލީހަށް އަނބުރާ ނުފޮނުވޭނެ: ޑިމޮކްރެޓްސް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް