ads
ޕީޖީ ޝަމީމް ހަމަލާދިން މައްސަލަ މަޖިލީހަށް ވައްދަނީ
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހަމަލާދިން މައްސަލަ ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ޑިމޮކްރެޓްސްގެ ރައީސްކަން ކުރައްވާ ހަސަން ލަތީފް އެކްސްގައި ޕޯސްޓްކުރައްވާފައިވާ ސިޓީގައި ޕީޖީ ޝަމީމަށް މާލޭގެ މަގުމަތީގައި ނުރައްކާތެރި ހަމަލާއެއް ދިން  މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގުކުރުމަށް އޭނާ ވަނީ ގޮވާލާފައި އެެވެ. 

މީގެ އިތުރުން ފުލުހުން ތަހުގީގު ނިންމާ އެ ތަހުގީގުގެ ރިޕޯޓް  މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅުމަށް އޭނާ ވަނީ އެދިލައްވާފައި އެވެ.

ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން ޝަމީމްއަށް މިއަދު ހެނދުނު މަރުތޭލަކުން ހަމަލާދީފައިވާއިރު، ޝަމީމް އަންނަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމީމްއަށް އަމާޒުކޮށް މަރުތޭލަކުން ދިން ހަމަލާ އަމާޒުވީ އޭނާގެ ވައަތުގެ އުޅަނބޮށިން ތިރިއަށެވެ. ހަމަލާގެ ސަބަބުން ކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. 

ޝަމީމްއަށް ދިން ހަމަލާ ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ އިސްވެރިން އަންނަނީ ކުށްވެރިކުރައްވަމުންނެވެ.

 
އިތުރަށް ކިޔާލަން :ޝަމީމަށް ހަމަލާދިނީ ސިޔާސީ މަގުސަދެއްގައި: ރައީސް ސާލިހް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް