ads
ފަރުވާއަށް ފަހު ޕީޖީ ހުސެއިން ޝަމީމް ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި ފޮޓޯ
ފަރުވާއަށް ފަހު ޝަމީމް ދޫކޮށްލައިފި؛ ވިދާޅުވީ އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް
ހަމަލާއަށް ފަހު އެނބުރި އަންނާނީ މާ ވަރުގަދަކޮށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އޭނާ މިއަދު ޝޯސަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެކި ފަރާތްތަކު ފަރާތުން އޭނާ އަށް ލިބުން ލޯއްބާއި ހެޔޮ ދުއާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށާއި ހަމަލާގެ ސަބަބުން އަތުގެ ކަށިގަނޑުގައި ރެނދުލާފައިވާކަމަށެވެ.


އެ ޕޯސްޓުގައި އޭނާ އިތުރަށް ވިދާޅުވީ މިހާރު އޭނާ ގެޔަށް ބަދަލު ކުރެވިފައިވާކަމަށާއި ކުރިޔަށް އޮތް ތަނުގައި ކުރިޔަށް ވުރެން ވަރުގަދަކޮށް މަސައްކަތް ކުރާނޭކަމަށެވެ. މީގެ އިތުރުން ކަސްރަތުކުރު މާއި ފެތުމުގައި ކުރިޔަށް ދަނީ ކުރިޔަށް ވުރެން ވެސް ގަދަކޮށްކަމަށެވެ.

ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން ޝަމީމްއަށް މިއަދު ހެނދުނު މަރުތޭލަކުން ހަމަލާދީފައިވާއިރު، ޝަމީމަށް ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލް ގައި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމީމްއަށް އަމާޒުކޮށް މަރުތޭލަކުން ދިން ހަމަލާ އަމާޒުވީ އޭނާގެ ވައަތުގެ އުޅަނބޮއްޓަށެވެ. ހަމަލާގެ ސަބަބުން ކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. 

ޝަމީމްއަށް ދިން ހަމަލާ ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ އިސްވެރިން އަންނަނީ ކުށްވެރިކުރައްވަމުންނެވެ. ޝަމީމަށް ހަމަލާ ދިން މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. 

ޝަމީމްގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފުން މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް