ads
ޝަމީމަށް ދިން ހަމަލާ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ހަލީލް
ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާދް ހުސައިން ޝަމީމަށް މިއަދު ދިން ނުރައްކާތެެރި ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް ވިދާޅުވެއްޖެއެވެ
Advertisement

ހަލީލް ވިދާޅުވީ ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިހްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެކަމު ގައެވެ.

މީގެ އިތުރުން މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެކަމަށާއި ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ހިދުމަތްތެރީންގެ ރައްކައުތެރިކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެކަމަށް ހަލީލް ވިދާޅުވި އެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާ ސަލާމަތްކަން ދެމެހެއްޓުމަށްކަމަށާއި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ސަރުކާރުން ނުދޭނެ ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ. 

ޕްރޮސެކިއުޓަ ޖެނެރަލް އަލްއުސްތާދު ހުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދޭކަމަށާއި އަދި ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެކަމަށް އުންމީދުކުރާކަމަށް ހަލީލް ވަނީ ވިދާޅުވެފައި އެވެ. 

"ޕްރޮސެކިއުޓަ ޖެނެރަލް އަލްއުސްތާޒު ހުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދެން. އަދި ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެ ކަމަށް އުންމީދުކުރަން،" އެ ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަމީމަށް ހަމަލާދީފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން ކަމަށެވެ.

ޝަމީމަށް ދިން ހަމަލާ ގިނަ ޕާޓީތަކުން ކުށްވެރިކޮށްފައި ވާއިރު، އެ މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.

ޝަމީމްގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފުން މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ ޝަމީމަށް ހަމަލާ ދިން މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް