ads
ފ.ނިލަންދޫ..
މަގޫދޫ ފަޅުގައި ރިސޯޓެއް ހަދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި
ފ. މަގޫދޫ ފަޅުގެ އިރުމަތީކޮޅުގައި ރިސޯޓެއް ތަރައްގީކުރަން ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

މަގޫދޫ ކައުންސިލުން ކުރި އިއުލާނުގައި ވަނީ އެ ރަށު ފަޅުގައި ރިސޯޓެއް ހަދަން ޝައުގުވެރިވާ އިންވެސްޓަރުންނަށް ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ފެބްރުއަރީ 15 ގެ ނިޔަލަށް ދޭން ނިންމާފައިވާ ކަމުގަ އެވެ.

ރިސޯޓް ހަދައި އެތަން ހިންގަން ބޭނުންވާ ފަރާތްތަކުން ކައުންސިލަށް ސިޓީއެއް ހުށަހަޅައިގެން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ރިސޯޓް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 28 ގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިލާނުގައި ވެއެވެ.

ސަރުކާރުން އަންނަނީ މަގޫދޫ ފަޅުގައި އެއާޕޯޓެއް ވެސް ތަރައްގީކުރަމުން ނެވެ.

ރަންވޭގައި 1،800 މީޓަރު ހުންނާނެ މި އެއާޕޯޓް ތަރައްގީކުރަނީ ޕްރައިވެޓް ޖެޓްތައް ވެސް ހިދުމަތް ދެވޭނެ ފެންވަރަށެވެ. ދައުލަތުގެ ބަޖެޓުން 231.5 މިލިއަން ހަރަދުކޮށްގެން މި އެއާޕޯޓް ހަދަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ނެވެ.

މަގޫދޫ ފަޅުގައި ތިން ރިސޯޓް ހެދުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެ ކެވެ.

ކައުންސިލުން ބުނި ގޮތުގައި، "މަގުދޫ ޓޫރިޒަމް ޒޯން"ގައި ރިސޯޓް ހެދުމަށް 10 ހެކްޓަރުގެ ސަރަހައްދެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް