ads
ބައްސާމް
ކޮވިޑްގައި އެފްއޭއެމަށް ލިބުނު 1.9 މިލިއަން ޑޮލަރަށްވެސް ހިޔާނަތްވި
އެފްއޭއެމްއަށް ކޮވިޑާ ގުޅިގެން ލިބުނު 1.9 މިލިއަން ޑޮލަރަށް ވެސް ހިޔާނާތްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން އެ އެސޯސިއޭޝަނަށް ލިބުނު 1.9 މިލިއަން ޑޮލަރަށް ހިޔާނާތްވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. މީގެ އިތުރުން، އެފްއޭއެމަށް ފީފާއިން ދިން  10000 ޑޮލަރަށް ހިޔާނަތްތެރިވީ ކަމަށް އެ އިދާރާގެ ރައިސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށްވަނީ ކުރެވިފައެވެ. 

ފުލުހުންގެ އިކޮނަމިކް ކްރައިމްސް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކާ ގުޅިގެން މައުލޫމާތު ހާމަކުރަން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރު އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ އެފްއޭއެމާ ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑާ ގުޅިގެން އެފްއޭއެމަށް ލިބުނު 1.9 މިލިއަން ޑޮލަރަށް ހިޔާނާތްވި މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް ޔޫނުސް ލޫތު ވިދާޅުވިއެވެ.

"އެ ޓްރާންސެކްޝަނާ ގުޅުންހުރި ތަހުގީގުގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ފުރިހަމަ ކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް