ހަބަރު /
ބާ ކައުންސިލްގެ ރައީސް ވިޝާމް އަވަހާރަ ވެއްޖެ
އަހުމަދު ހަސަން
31 ޖެނުއަރީ 2024 - 21:43:15
ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް އަވަހާރަ ވެއްޖެ އެވެ.
ވިޝާމް އަވަހާރަވި ސަބަބެއް ނޭނގެ އެވެ. އެކަމަކު މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ މިރޭ އިރާކޮޅު ގޭގައެވެ. އޭނާ ދަންނަ ބައެއް މީހުން ބުނި ގޮތުގައި ފެނުނީ ގޭތެރޭގައި ވެއްޓިފައި އޮއްވަ އެވެ.
ވިޝާމް އަކީ ބޮޑެތި އެކި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ރާއްޖޭގެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން 2008 ވަނަ އަހަރު މާސްޓަސް ހާސިލްކުރެއްވުމަށް ފަހު ވިޝާމް 2009 ވަނަ އަހަރުން ފެށިގެން އަންނަނީ ގާނޫނީ މަސައްކަތް ކުރައްވަމުންނެވެ.
ވިޝާމްއަކީ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ހިންގެވުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
0%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
79%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް