ads
ޑޮލަރު ލިމިޓް އަދި އިތުރުކުރެވޭކަށް ނެތް: ފިނޭންސް
ބޭރުގައި ކިޔަވާ ދަދިވަރުންނަށް ޑޮލަރު ލިމިޓް އަދި އިތުރުކުރެވޭ ގޮތެއް ނެތްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް އިން ބުނީ ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނށް ބޭންކް އޮފް މޯލްޑިވސްގެ ކްރެޑިޓް ކާޑް އަދި ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް އިތުރުކުރުމުގެ ގޮތުން، ބީއެމްއެލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އަދި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބަރ އެން ސްކިލް ޑިވެލޮޕްމެންޓާއެކު މިފަދަ ނިޒާމެއް އެކުލަވާލުމަށާއި، ވީހާވެސް އަވަހަށް މިސިޔާސަތު ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރ ކުރެވުނުކަމަވެ.

 މި ސިޔާސަތު މިވަގުތު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެ، ދިވެހިރާއްޖޭގެ މިވަގުތު ޑޮލަރު ޑިމާންޑް އަދި ހުރަސްތައް މިދަނީ ދެނެގަންނަމުންނެވެ. 

އަދި ކާޑު ލިމިޓް އިތުރުކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭނެކަން ޔަގީންކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރުމުންދާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރަމުންދާކަމުގައި ދަންނަވަމެވެ.
ރާއްގެ ރަސްމީ ރިޒާވް އިތުރުކުރުމަށާއި، ބޭންކިންގ ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރުމަށްޓަކައި
މނިސްޓްރީ އާއި އެ.އެމް.އޭ އަދި ބޭންކުތަކުން ގުޅިގެން ދަނީ މަަސައްކަތްކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް