ads
ވިޝާމް އަވަހާރަވުމަކީ ގާނޫނީ ހިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް: ރައީސް
ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ހިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން ރައީސް މުއިއްޒު މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިޝާމްއަށް ނިސްބަތްކޮށް ވިދާޅުވީ، "ގައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއް" ކަމަށެވެ. 

‏"ޤައުމީ ހިތާމައިގެ މި ދަނޑިވަޅު އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާ މަރުޙޫމްގެ ޢާއިލާއަށާ ބާ ކައުންސިލްގެ އެންމެހާ ޤާނޫނީ ވަކީލުންނަށް ދަންނަވަމެވެ." ރައީސް ވިދާޅުވިއެވެ.

ވިޝާމް އަވަހާރަވެފައިވަނީ މިރޭގެ ވަގުތެއްގައެވެ. ‏މައުލޫމާތު ލިބޭ ގޮތުގައި ވިޝާމް އަވަހާރަވީ ފައިގެ ސާޖަރީއަކަށްފަހު ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވިޝާމް އަކީ ބޮޑެތި އެކި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ރާއްޖޭގެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން 2008 ވަނަ އަހަރު މާސްޓަސް ހާސިލްކުރެއްވުމަށް ފަހު ވިޝާމް 2009 ވަނަ އަހަރުން ފެށިގެން އަންނަނީ ގާނޫނީ މަސައްކަތް ކުރައްވަމުންނެވެ.

ވިޝާމްއަކީ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ހިންގެވުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް