ads
އަހަރީ ދުވަސް، މިއަދު ކުނި ނަގާނީ ހެނދުނާއި މެންދުރު
މިއަދަކީ ވެމްކޯގެ އަހަރީ ދުވަހަށް ވުމުން މިއަދު މާލެއިން ކުނި ނަގާ ވަގުތުތަކަށް ވެމްކޯއިން ވަނީ ބަދަލު ގެނެސްފައެވެ.

އެ ކުންފުނިން ބުނީ މާލެ އަދި ވިލިގިނލީގެ ގެ ތަކުން މިއަދު ކުނި ނަގާނީ މެންދުރު 14:00 އިން 17:00 އަށެވެ. ހުޅުމާލެ ފޭސް 1 އިން ކުނި ނަގާނީ  މެންދުރު 12:00 އިން ހަވީރު 17:00 އަށެވެ. އަދި ފޭސް 2 ގެ ގެތަކުން ކުނި ނަގާނީ ހެނދުނު 07:00 އިން މެންދުރު ފަހު 15:00 އަށް ކަމަށެވެ. 

ވެމްކޯ އާއި އަދި ބައެއް ތަންތަނުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުނި ނަގަމުން ދިޔަ ނަމަވެސް މާލޭގެ އެކި ސަރަހައްދަށް ގަވައިދާ ހިލާފަށް ކުނި އަޅާފައި ހުރުމަކީ ހައްލު ނުވެ އޮންނަ އާންމުންގެ ބޮޑު ޝަކުވާ އެކެވެ.

ވެމްކޯއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. 

ވެމްކޯގެ އަހަރީ ދުވަހަކީ ޖެނުއަރީ 22 ވަނަ ދުވަހެވެ. ފައިދާ އެއް ނެތި ގެއްލުމުގައި ހިންގަމުން ދާ ވެމްކޯ ވެފައިވަނީ ކަރޮޕްޝަންގެ ހާއްޔަކަށެވެ.

ރައީސް ޔާމީނުގެ އެޑްމިނިސްޓްރޭޝަނުގައި، 2016 ގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން (ވެމްކޯ) 103 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް