ads
ބޮޑު ޖަލު ހުކުމެއް އަތުވެދާނެ ދައުވާތަކެއް ބައްސާމާ ދެކޮޅަށް ކޯޓަށް
ބޮޑު ޖަލު ހުކުމެއް އަތުވެދާނެ ދައުވާތަކެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދަޢުވާއެއް، އެޖަމްޢިއްޔާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހުށަހަޅައިފާވާ ކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ.

ބައްސާމާ ދެކޮޅަށް ހުށަހަޅާފައިވާ ދެ ދައުވާއަކީ، ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. 

މީގެ ތެރެއިން ޚިޔާނާތްތެރިވުމުގެ ދައުވާއަކީ، ފީފާއިން ދީފައިވާ 10000 ޑޮލަރު އަމިއްލަ އެކައުންޓަށް ލައި އެ ބޭނުން ކުރި ދައުވާއެކެވެ. މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. 

ބައްސާމާ ދެކޮޅަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ ފީފާއިން ދިން ފައިސާ ލޯންޑަރކުރިކަމުގެ ދައުވާއެވެ. މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ބޭރުގެ އިދާރާތަކުން ދޭ އެއްވެސް ފައިސާއަކަށް ހިޔާނަތްތެރިވެފައި ނުވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ވިދާޅުވެފައެވެ.   

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް