ads
ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސް އެއް ފެނިއްޖެ
ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ބައްޔެއް ކަމަށްވާ ޕާޓޫސިސް (ހޯއްގޮވާ ކެއްސުން) ގެ އިތުރު ކޭސް އެއް ގއ. ވިލިނގިލިން ފެނިފައިވާާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ރޭ "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިއްޔެ ގއ. ވިލިނގިލިން ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސްއެއް ފެނިފައިވާ ކަމަށާއި، މިއީ ވިލިނގިލިން މިހާތަނަށް ފެނުނު ފަސް ވަނަ ކޭސް ކަމަށެވެ.

ވިލިނގިލީގައި އެ ބަލި ފެތުރުން މަދު ކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެޗްޕިއެއިން މައުލޫމާތުދެ އެވެ.

ހޯއްގޮވާ ކެއްސުމުގެ ތިން ކޭސްއެއް މިދިޔަ މަހުގެ 23 ވަނަ ދުވަހު ވިލިނގިލިން ފެނިފައިވާއިރު، ޖެނުއަރީ 28 ވަނަ ދުވަހު ވެސް ވަނީ މި ބަލީގެ ކޭސް އެއް ފެނިފަ އެވެ.

ހޯއްގޮވާ ކެއްސުން ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. މި ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. އޭގެ ތެރޭގައި ނޭފަތް ބެދުމާއި ނޭފަތުން ފެން ފޭބުމާއި ހުން އައުމާއި ކުޑަކޮށް ކެއްސުން ހިމެނެ އެވެ. އަދި ބަލި ޖެހޭތާ ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާއި މި ކެއްސުން ދިގު މުއްދަތަކަށް ދިގުލައިގެން ދެ އެވެ. ތުއްތު ކުދިންނަށް މީގެ އިތުރުން ވެސް ބައެއް އަލާމަތްތައް ފެނިދާނެ އެވެ.

ކުއްލިކުއްލިއަށް ކެއްސުމާއި ކެއްސުމަށް ފަހު ހޮޑުލެވުމާއި ބައެއް ކުދިން ކެއްސުމަށް ފަހު ނޭވާލާއިރު، އަޑެއް (ހޯއް ގޮވުން) އިވެ އެވެ. އަދި ތުއްތު ކުދިން ކެއްސުމުގެ ބަދަލުގައި ދޭތެރެދޭތެރެއިން ވަގުތުކޮޅަކަށް ނޭވާ ހުއްޓާލައިފާނެ އެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ މީހަކަށް މި ބަލި ޖެހިއްޖެ ނަމަ، ބަލީގެ މާ ބޮޑު އަލާމާތްތަކެއް ނުފެނިދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މި ބައްޔަށް ދެވޭ ފަރުވާއަކީ އާންމުކޮށް ވެސް ދެވޭ އެންޓިބައޮޓިކްއެކެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް