ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އިންޑިޔާގެ ބޮޑު ވަޒީރާއި ދިމާލަށް ހިތުހުރި އެއްޗެއް ގޮވީމަ ވާނީ ގޯސް: ނަޝީދު
އިންޑިޔާގެ ބޮޑުވަޒީރާއި ދިމާލަށް ހިތުހުރި އެއްޗެއް ގޮވީމާ ވާނީ ގޯސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ނުފޯރާ ފޮތިން ފޫގަޅަން އުޅެންޏާ ފެންނަނީ "އޮރިޔާން"ކަމަށެވެ. 

އެ މަނިކުފާނު އިތުރަށް ވިދާޅުވީ އިންޑިޔާގެ ކަނޑުގެ ސަރަހައްދަށް ޗައިނާ "ސްޕައި" ބޯޓުފަހަރުތައް ގެނެސް، އިންޑިޔާގެ ޕްރައިމިނިސްޓަރާއި ދިމާލަށް ހިތުހުރި އެއްޗެއް ގޮވީމާ މާގިނަ ގޮތް ވާނޭ ކަމުގަ އެވެ. 

"ތިބޭފުޅުން ރަނގަޅަށް ވިސްނާ. ނުފޯރާ ފޮތިން ފޫގަޅަން އުޅެންޏާ ފެންނާނީ އޮރިޔާން" ރައީސް ނަސީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި އޮތް ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންތަކެއް އެރި ކަމަށް ބުނާ ރިޕޯޓެއް ލިބިގެން، އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ވަގުތެއްގައި އެވެ. 

އެމްއެންޑީއެފް އިން ބުނީ ބޭރުގެ ސިފައިންގެ ބަޔަކު ދިވެހި މަސް ދޯންޏަކަށް އެރި ކަމަށް ރިޕޯޓުކޮށްފައި ވަނީ ދިވެހި އީއީޒެޑްގެ ތެރެއިން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އެނގިފައިވާ ގޮތުގައި އިންޑިއާ ސިފައިންގެ ބަޔަކު އެރީ އދ. މަހިބަދޫއަށް ނިސްބަތްވާ "އަސުރުމާ 3" ދޯންޏަށެވެ.

އެމްއެމްޑީއެފުން އެ މައުލޫމާތު ހިއްސާކުރުމުގެ ކުރިން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ކައިރިއަށް އިންޑިއާގެ މަނަވަރެއް މަޑުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް