ads
ވިނަރެސް ފްލެޓްތައް ކައިރީގައި އާ ބަސް ހުއްޓިއެއް ގާއިމު ކޮށްފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ހުންނަ ސަރަހައްދުގައި އެމްޓީސީސީން އާ ބަސް ހުއްޓިއެއް ގާއިމު ކޮށްފި އެވެ.

އެމްޓީސީސީން ބުނެފައިވަނީ ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެދުމުގެ މަތިން އާރުޓީއެލް ބަހުގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި އެ ސަރަހައްދުގައި އާ ބަސްހުއްޓިއެއް ގާއިމުކޮށް، މިއަދުން ފެށިގެން އެ ބަސް ހުއްޓިން އާރުޓީއެލް ބަހުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އާ ބަސް ހުއްތީގެ ހިދުމަތާއެކު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރުކުރާ އާރު6، އާރު7، އާރު8 އަދި އާރު9 ގެ  ރޫޓްތަކުން ވިނަރެސް ބަސް ހުއްޓިއަށް ހިދުމަތް ދެވޭ ގޮތަށް ރޫޓަށް ބަދަލު ގެނެވިފައި ވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އޭގެއިތުރުން އާރުޓީއެލް ބަހުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެމްޓީސީސީން އާންމު ކޮށްފައިވާ ޗާޓާއި އެއްގޮތަށް އާރު7، އާރު8 އަދި އަދި 9 ރޫޓް ތަކަށް ބަދަލު އަންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އާރުޓީއެލް ބަހުގެ ހިދުމަތުގެ ރޫޓުތަކާއި ޝެޑިއުލްތަކާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ވެބްސައިޓުންނާއި، އާރުޓީއެލް މޮބައިލް އެޕް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް