ބީއެމްއެލްގެ އޯވަޑިއު އިންޓަރެސްޓް އަނެއްކާވެސް ދަށްކޮށްފި
މުހައްމަދު އާދަމް އަހްމަދު
01 ފެބްރުއަރީ 2024 - 13:59:34
ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލޯނުތަކަށް ފައިސާ ނުދެއްކުމުން އަރާ އޯވަޑިއު އިންޓަރެސްޓް އަނެއްކާވެސް ދަށްކޮށްފި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދެއްކުމުން ދައްކަންޖެހޭ ޖޫރިމަނާ (އޯވަޑިއު އިންޓަރެސްޓް) މަހަކަށް %0.5 އަށެވެ.
އެންމެފަހުން މިއަދަދު ދަށްކުރީ މިދިޔަ އޭޕްރިލްމަހުގެ ތެރޭގައެވެ. މިދިޔަ ސަރުކާރުން މިއަދަދު %2 އަށް ދަށްކުރިއިރު އޭގެ ކުރިން އޯވަޑިއު އިންޓަރެސްޓް ރޭޓުގެ ގޮތަގައި މަހަކަށް %10 އައި ނަގަމުންނެވެ.
އޯވަޑިއު އިންޓަރެސްޓަކީ ލޯނަށް ފައިސާ ދައްކަންޖެހޭ ތާރީހުގައި ފައިސާ ނުދައްކާ ފާއިތުވާ މުއްދަތަށް ނަގާ ޖޫރިމަނާއެކެވެ.
އޯވަޑިއު އިންޓްރެސްޓް ރޭޓު ކުޑަކޮށްދިން ނަމަވެސް، އެ ޖޫރިމަނާ އިން ސަލާމަތްވުމަށް ގަވައިދުން ލޯނު އަނބުރާ ދެއްކުމަށް ބޭންކުން ވަނީ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް