ads
ކަސްޓަމްސްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކަސްޓަމްސް އިން މިއަދު ވަނީ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަގާމަށް 31 މީހަކާއި ސަޕޯޓް ސާވިސް އޮފިސަރު ގްރޭޑް 1ގެ މަގާމަށް ހަތް މީހުން ހޯދަން އިއުލާން ކޮށްފަ އެވެ.

އެ އިއުލާނުގައި ވާ ގޮތުގައި އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަގާމަށް ހޮވޭ ފަރާތްތަކަށް 5،000 ރުފިޔާގެ މުސާރައެއްް ލިބިގެންދާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިމަމް ވޭޖް އެލަވަންސް އާއި ކަސްޓަމްސްގެ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ ވެއެވެ.

މީގެއިތުރުން ނޮން-ޕްރެކްޓިސިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ (1,750 ރުފިޔާ) އަދި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާގެ ސާވިސް އެލަވަންސްގެ އިތުރުން ކޮއްތުފައިސާގެ އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60 ރުފިޔާގެ ކޮއްތު ފައިސާ ވެސް ދޭން ވަނީ ކަނޑައަޅާފަ އެވެ.

ކަސްޓަމްސްގެ މި މަގާމަށް ހޮވޭ ފަރާތް ތަކުން ވަޒީފާ އަދާކުރަން ޖެހޭނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގަ އެވެ.

އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން ހިމެނެ އެވެ. އަދި ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުމަކީ ވެސް މި ވަޒީފާގެ ޝަރުތެކެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތް ތަކުން މަގަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ފެބުރުވަރީ 15 ވަނަ ދުވަހުގެ 14:00 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް