ads
ވިނަރެސްގެ އަގު ކުޑަކޮށް، މަހު ކުލިން 4200 ކުޑަކޮށްފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިނަރެސް މަޝްރޫއުން ފްލެޓު ގަތް މީހުންގެ އެދުމުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފްތާ 14" ގެ މަގު ޗާޓާ އެއްގޮތަށް ފްލެޓުތަކުގެ އަގު ކުޑަކޮށް ޑައުންޕޭމަންޓް ދެއްކުމަށް އެ ފަރާތްތަކަށް ކޯޕަރޭޝަނުން އިތުރު ލުއިތަކެއް ދީފައިވާ ކަމަށެވެ.

އެގޮތުން، "ލީސް ޓު އޯން މޮޑެލް"ގެ އިންޓްރެސްޓު ރޭޓު ނުވަ އިންސައްތައިން ހަ އިންސައްތައަށް ބަދަލުކޮށް، ޑައުންޕޭމަންޓު 50 އިންސައްތަ ކުޑަކޮށްފައިވާ ކަމަށެވެ. އަދި، ކުޑަކުރެވުނު 50 އިންސައްތަ ފުލެޓުގެ އަގުން ވެސް އުނިކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން، ޑައުންޕޭމަންޓު ދައްކަން ދީފައިވާ ތިން މަހުގެ ބަދަލުގައި ހަ މަސް ދޭން ވަނީ ނިންމައިފަ އެވެ. 

"ހަ ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ފްލެޓަށް މަހަކު ދައްކަން ޖެހޭ އަދަދުން އެވްރެޖްކޮށް 4200 ރުފިޔާ މިހާރު ވަނީ ކުޑަކުރެވިފަ. އަދި މި ޑިސްކައުންޓަކީ ފްލެޓުގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ވަނީ ހަމަޖެހިފައި،" އެޗްޑީސީ އިން ބުންޏެވެ.

މިގެނެވުނު ބަދަލުތަކާއެކު ވިނަރެސް މަޝްރޫއިން ފްލެޓު ލިބުނު މީހުންގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ފުލެޓް ގަނެފައިވާ ފަރާތްތަކަށްވެސް މި ލުއިތައް ލިބިގެންދާނެކަަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެ ފަރާތްތަކަށް ފައިސާ ދޭނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވިދާޅުވީ ކުލިތަކަށް ގެނެވުނު ބަދަލާއި ގުޅިގެން އެގްރިމެންޓްތައް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެ ކުންފުނިން ބުނީ، ވިނަރެސް މަޝްރޫއުން ފުލެޓު ބައްލަވައިގެން މީހުންގެ ޝަކުވާތަކާއި މައްސަލަތައް ބަލައިގަނެ، އެ ކަންކަމަށް ވީހާ ވެސް އަވަހަށް ހައްލެއް ހޯދައިދޭން އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް