ads
ޕީޖީއަަށް ހަމާލާދިން މައްސަލައިގައި ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) ހުސައިން ޝަމީމްއަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

 ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ ބުދަ ދުވަހު ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހިޖެހީނުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ.

އެމައްސަަލައިގައި މިއަދު ފުލުހުން ވަނީ ދެމީހަކު ހައްޔަރުކޮށްފަ އެވެ. 

މިރޭގެ ވަގުތެއްގައި ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

ޝަމީމަށް ހަމަލާދިން މައްސަލައިގައި މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް  އަލީ ޝުޖާއު ވިދާޅުވީ ޕީޖީ އަށް ދިން ހަމަލާ ފުލުހުން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ މިކަހަލަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް