ads
އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒަށް ޑެޕިއުޓީ މިނިސްޓަރުކަން
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒުއަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަވާޒްއަށް ދީފައިވަނީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރުކަމެވެ. މިކަން ރައީސް އޮފީހުން އަދި ހާމަކޮށްފައި ނުވިނަމަ ވެސް ބުދަ ދުވަހުން ފެށިގެން ޖަވާޒް އޮފީހަށް ނުކުންނަކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. 

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ޖަވާޒް އައްޔަން ކުރިއިރު، އެ މިނިސްޓްރީގައި މިހާރުވެސް ނުވަ ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވިއެވެ. ޖަވާޒު އައްޔަން ކުރުމާއެކު އެ އަދަދުވަނީ 10 އަށް އިތުރު ވެފަ އެވެ. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް އެންޑް އާޓްސްގައި ދެ ސްޓޭޓް މިނިސްޓަރުން ވެސް ތިއްބަވަ އެވެ. 

ޖަވާޒު މި ހުރިހާ ދުވަހު ހުންނެވީ، އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީކަމުގެ މަގާމުގައެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދިނީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެއީ އެފްއޭއެމްގައި މަސައްކަތް ކުރާތާ ގާތްގަނޑަކަށް 25 އަހަރަށް ފަހުއެވެ. 

ޖަވާޒް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީކަމުން އިސްތިއުފާ ދިން އިރު، އެ އިދާރާވަނީ ބޮއްސުންލައި، މާލީ ގޮތުން މިހާރު އޮތީ އިނދަ ޖެހިފަ އެވެ. އަދި އެ އިދާރާގައި ޖިނާއީ ބޮޑެތި ކުށްތަކެއް ކުރާ ކަމަށް ތުހުމަތު ކުރެވި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށްވަނީ ދައުވާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް