ads
މަސްދޯނިތަކަށް މިނެޓަކުން 160 ލީޓަރު ތެޔޮ މިހާރު ކޫއްޑޫން އެޅޭނެ
މަސްދޯނިތަކަށް ތެޔޮ އެޅުމުގައި ފަސޭހަކޮށް ދިނުމަށް ކޫއްޑުގައި އައު ޕަމްޕު ސްޓޭޝަނެއް ބަހައްޓައިފިއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ ކޫއްޑޫގައި ޤާއިމުކޮށްފައިވާ އެފްއެސްއެމްގެ ތެޔޮ ސްޓޭޝަންތަކުން މަސްދޯނިތަކަށް ތެޔޮ އެޅުމުގައި ގިނަ ވަގުތު ހޭދަންކުރަންޖެހޭ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. އެކަން ހައްލުކުރުމަށް އައު ޕަމްޕު ސްޓޭޝަނެއް ބަހައްޓާ އޭގެއިން މިހާރު ހިދުމަތް ދެމުން އަންނަކަމަށް މަސްވެރިމަމާއި ބެހޭ ވުޒާރާއިން ބުނެއެވެ. 

އެ ވުޒާރާއިން ބުނީ އަލަށް ބެހެއްޓި ޕަމްޕުން 169 ލީޓަރުގެ ތެޔޮ މިނެޓެއް ތެރޭ އެޅޭނެކަމަށެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާދޭން މި ސަރުކާރުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. އެހެންނަމަވެސް މަސްވަރިންނަށް ފައިސާ ނުލިބި އެތައް ދުވަހެއް ވުމުން މަސްވެރިންގެ ޝަކުވާތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. 

މި ޝަކުވާތަކަށް ޖަވާބު ދެއްވަމުން ރައީސް  ޑރ. މުއިއްޒު ވިދާޅުވީ މިފްކޯއިން ލޯނު ނަގައިގެން ނަމަވެސް މަސްވެރިންނަށް ފައިސާ ދޭނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް